އެތުލެޓިކްސް ކޯޗުން ތަމްރީނުކުރުމަށް “ވޯރލްޑް އެތްލެޓިކްސް ލެވެލް 1، ކޯޗިން ކޯހެއް ފުވައްމުލައް ސިޓީގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޯސް ފަށާފައި ވަނީ މި ޖެނުއަރީ މަހު 20 ގައިއެވެ. އަދި ނިމޭނީ 31 ޖެނުއަރީ 2020 އަށެވެ. މިކޯހުގައި ދެ ޖިންސުން ޖުމްލަ 24 ބައިވެރިން ކިޔަވައެވެ.
މިއީ އެތުލެޓިކްސްގެ ދާއިރާއިން ރާއްޖޭގައި ފަންނީ މީހުން ބިނާކުރުމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން ހިންގާ ކޯހެކެވެ. މިކޯހުގެ ސަބަބުން އަންނަ ޖޫން މަހު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތުލެޓިކްސް މުބާރާތަށް ތަމްރީނުވެފައިވާ ކޯޗުން ހޯދަން ފަސޭހަ ވެގެންދާނެއެވެ.
މީގެއިތުރުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ކޯޗުން ތައްޔާރު ކުރުމަށް ވެސް މިޕްރޮގްރާމުގެ ސަބަބުން މަގުފަހިވެގެން ދާނެއެއެވެ.
މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިޔަށްގެނދާ ކޯހެކެވެ. މިކޯހުގެ އިތުރު ބުރުތައް ރާއްޖޭގެ އެހެން ރަށްތަކުގައި ކުރިޔަށް ގެންދާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.
ޚިޔާލުތައް