A wide advertisement which will be shown on all devices. (700 x 100)

ވަޒީރަކު ހަވަރަށް ދިނުމަކީ ހުތުރުކަމެއް – އިބުރާ

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގެ އިތުބާރު ނެތްކަަމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް ފާޑު ވިދާޅުވެއްޖެއެވެ. އެނިންމުމަށް ފާޑު ވިދާޅުވަމުން އިބުރާ ބުނެފައިވަނީ ވަޒީރަކު ހަވަރަށް ދިނުމަކީ ހުތުރުކަމެއްކަމަށެވެ.

މިހާރުގެ ގާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި އިބުރާ ބުނެފައި ވަނީ ދައުލަތުގެ ވަޒީރަކު ޒިންމާ އަދާނުކުރާނަމަ، މަޤާމުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އަދި ޒިންމާ އަދާނުކުރައްވައިގެން، އެ ވަޒީރަކު މަޤާމުން ވަކިނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ހުންނަވަނިކޮށް، މަޖިލިހަށް އެކަން ފާހަގަވެގެން މަޖިލީހުން އެ ވަޒީރަކު ބޭރުކުރުމުން އެކަން ރައްދުވާނީ ރައީސަށް ކަމަށް ވެސް އިބުރާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.
އެމްޑީޕީ ކޯލިޝަން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި މިނިސްޓަރު މުހައްމަދު މަލީޙު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖުލީހުން ފާސްކޮށް ފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މަލީހު ގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން މަލީހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ ބޮޑު ސަޕޯޓެއް ލިބިގެން ދިޔައެވެ. އަދި އެދުވަހުގެ ހުރިހާ ނޫހެއްގެ ފަލަ ސުރުޚީތަކަށް އެރުމުގެ އިތުރުން ނޫސްތަކުގެ ފުރަތަމަ ސަފުހާ އެޚަބަރުތަކުން ފުރާލިއެވެ.

މިނިސްޓަރު މަލީހު އާއި މެދު ތުހުމަތު ކުރެވި އިތުބާރު ގެއްލިފައިވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަމަށް ތުހުމަތުކޮށްގެންނާއި އިންޓަނެޓްގެ އަގުހެޔޮކުރުމަށް އަމަލީ ސިފައެއް ނުގެންނެވުމާއި، މިކަންކަމާއި ގުޅިގެން ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންފީޒުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ކަމަށް ބަލައިގެންނެވެ.

މިކަމާއި ގުޅިގެން ޖަވާބުދާރީވަމުން މަޖުލީހުގެ ތަޅުމުގައި ވެސް މަލީހު ވަނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އިންކާރުކޮށްފައެވެ. މަލީހު ވިދާޅުވެފައި ވަނީ އެއީ ހަދާފައިވާ ގަވާއިދުތަކެއް ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !