ދިރާގުން އިންތިޒާމުކުރާ ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ފުވައްމުލަކު ރަން 2025 ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އިއްޔެ ކުރިއަށް ދިޔަ މިރޯޑް ރޭހަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެން އިންތިޒާމުކޮށްފައިވާ މި ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިންވަނީ ބައިވެރިވެފައެވެ. މިދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރާއި ހާފު މެރަތަންގެ އިތުރުން މެރަތަން ދުވުންވެސް ކުރިއަށް ދިޔައެވެ. މިއީ ދިރާގުގެ ރޯޑްރޭހެއް އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މި ދުވުމުގެ ހާފް މެރަތަން ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ ޝިފާޒު މުހައްމަދެވެ. އަދި ރަނައަޕް އަށް ހުސެއިން ފަޒީލު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ކިރަން ސިންގް ބޮގަޓީ އެވެ. ހާފްމެރަތަންގެ އަންހެން ކެޓަގަރީގެ ޗެމްޕިއަނަކީ އައިޝަތު ޖިނާނީ އިބްރާހީމެވެ. އަދި ރަނައަޕަށް ޝަޒްނާ މުހައްމަދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ހުސްނާ މުހައްމަދު އެވެ.
މި ދުވުމުގެ 10 ކިލޯމީޓަރުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ މުހައްމަދު އިރުފާނެވެ. އަދި ރަނައަޕް އަށް މުހައްމަދު ރަޝީދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އަބްދުﷲ ރަޝީދު އެވެ. 10 ކިލޯމީޓަރުގެގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ނިޒްމީނާ އަހްމަދު އެވެ. އަދި ރަނައަޕް އަށް އަނާން އަހްމަދު ރަޝީދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާމިނަތު ނައުފާ ރަޝީދު އެވެ.
މި ދުވުމުގެ 5 ކިލޯމީޓަރުގެ އޯޕަން ރަން ފިރިހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ހުސައިން ފަޟީލް އެވެ. އަދި ރަނައަޕް އަށް ޔޫސުފް އިބްރާހީމް ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ކިރަން ސިންގް ބޮގަޓީ އެވެ. ފަސް ކިލޯމީޓަރު އޯޕަން ރަން އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ނިޒްމީނާ އަހްމަދު އެވެ. އަދި ރަނައަޕް އަށް ފާތިމަތު ހަސްނާ ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ހުސްނާ މުހައްމަދު އެވެ.
މި ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަން އަކީ އަހުމަދު ރޫނީ މުހައްމަދު އެވެ. އަދި ރަނައަޕް އަށް އަހުމަދު ޖޫދު މުހައްމަދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ މުހައްމަދު ޝުއައިބު އަބްދުﷲ އެވެ. ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ދުއާ އަހްމަދު ވަސީމް އެވެ. އަދި ރަނައަޕް އަށް ނީމް އިބްރާހީމް އަހްސަން ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާއިޝަތު އަމްޝީ އަހުމަދު އެވެ.
ފަސް ކިލޯމީޓަރުގެ 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ އާހިލް އިބްރާހީމް މޫސާ އެވެ. އަދި ރަނައަޕް އަށް ޔޫސުފް އާކިލް އާމިރު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ މުހައްމަދު އާލް ހަސަން އެވެ. ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ އާމިނަތު ރައޫމް އަހްމަދު ހަބީބު އެވެ. އަދި ރަނައަޕް އަށް މަރްޔަމް ޔުއީން އަބްދުﷲ ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާމިނަތު ޝާޔަން އެވެ.
ޚިޔާލުތައް