A wide advertisement which will be shown on all devices. (700 x 100)

ރިސޯޓު މުވައްޒަފުންނަށް ދޭންބުނި ހިއްސާ ނުލިބި އެންމެ ފަހުން ވޯޓުންވެސް މަހުރޫމްވަނީ

އެރ

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިތަބު ކަމަށްވާ ޓްއަރިޒަމްއަކީ ދިވެހި އެތަކެއް ދަރިންނެއް ވަޒީފާ އަދާކުރަމުންދާ ދާއިރާއެކެވެ. މިދާއިރާގައި ހަރަކާތްތެރިވާ ރިސޯޓް ހިންގާފަރާތްތަކުން ބޮޑެތި ފައިދާ ނަގަމުންދާއިރު އެރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ލިބޭ އާމްދަނީ އަކީ ނިސްބަތުން ކުޑަ އަދަދެއްކަމަށް ބުނެ ނިމިދިޔަ ރިއާސީ އިންތިޚާބުގައި ޕީޕީއެމް ވައުދުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓް ހިއްސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. 

ނަމަވެސް، ރިއާސީ ދައުރު ނިމިގެންދާއިރު އެކަން ވަނީ އަދި ހަމަނުޖެހިއެވެ. މިކަމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފެށުމާއިއެކު ދެން އިވިގެންދިޔައީ ރާއްޖޭގައި ސަތޭކައަށްވުރެ ގިނަ ރިސޯޓު ހުންނަ އިރު އެރިސޯޓްތަކުގެ ތެރެއިން ވޯޓް ފޮށި ބަހައްޓާނީ އެންމެ 7 ރިސޯޓުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ވާހަކައެވެ. 

ދިހަ ހާހައްވުރެ ގިނަ ދިވެހިން ރިސޯޓްތަކުގައި މަސައްކަތްކުރާއިރު ދިހަ ހާހައްވުރެ ގިނަ ރިސޯޓް މުވައްޒަފުންނަށް ވޯޓްނުލެވިދާނެތީވެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެއެވެ. 

ސަބަބަކީ ރިއާސީ ވައުދުތަކުގެތެރެއިން އެއްވެސް ވަރަކަށް އަޅާ ނުލާ ދޫކޮށްލާފައިވާ އެއް ވައުދު ކަމަށްވާ ރިސޯޓް މުވައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާ ދިނުމުގެ ވައުދުގެ ސަބަބުން އިދިކޮޅަށް ރިސޯޓްތަކުން ގިނަ ވޯޓް ލިބިގެންދާނެކަމަށް ލަފާކުރުމުންނެވެ. ކުރީގެ އިންތިޚާބު ތަކަށް ބަލާލާއިރު ރިސޯޓްތަކުން ގިނަ އަދަދެއްގެ ވޯޓް އެމްޑީޕީއަށް ލިބުމަކީވެސް އިދިކޮޅު ކޯލިޝަނުން ރިސޯޓްތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ބާރުއަޅާ ސަބަބެއް ކަމަށް ބެލެވެއެވެ.

ފާއިތުވީ 2013 ވަނަ އަހަރު ރިއާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާލާއިރު ރައީސް ޔާމީނު އަބްދުލް ގައްޔޫމް ހޮވިވަޑައިގެންފައިވަނީ ހަނި އަޣުލަބިއްޔަތަކުންނެވެ. އެހެންކަމުން، ރިއާސީ އިންތިޚާބުގެ ކެމްޕޭނު މިހާ ފޯރިގަދަވެފައި ވަނިކޮށް 10 ހާހެއްހާ ވޯޓް ނުލިބި ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ބެލެވެއެވެ. 

މިކަމާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ ޖަމިއްޔާގެ ކުރީގެ ރައީސް އަހުމަދު އީސާ ވިދާޅުވަނީ، ސެޕްޓެމްބަރު 23 ގައި ވޯޓު ލެވޭނެ ކަމުގެ ޔަޤީންކަން ނެތް ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހައްޤު ހޯދުމަށް އިހްތިޖާޖު ވެސް ކުރެވިދާނެ ކަމަށެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ރިސޯޓްތަކުގައި މަސައްކަތްކުރާ އިރު އެފަރާތްތަކަށް ވޯޓުލުމުގެ ހައްގުން މަހުރޫމުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !