6 އޭޕްރީލް 2020 ( ހޯމަ )

banner

ކޮލަމް ސުމެއް: މާލެ ތިލަފުށި ބުރިޖަށް ދެގުނައަށްވުރެ ބޮޑު އަދަދެއް

މާލެ ހުޅުލެ ބުރިޖު 200 މިލިއަން ޑޮލަރަށް އަޅާވާހަކަ ދެއްކުމުން އެންމެ އެއަގު ބޮޑުކަމަށްބުނެ އެންމެ ގިނައިން ފާޑުކިޔާފައިވަނީ އެމްޑީޕީ މެންބަރުންނެވެ. އެމްޑީޕީގެ ވެރިކަމުގައި އެބުރިޖު އެޅުމަށް އަންދާޒާކޮށްފައި ވަނީި 100 މިލިއަނެއްހާ އަދަދުކަމަށްބުނެ ފާޑުކިއުން އަމާޒުކުރިއެވެ. ނަމަވެސް، މިއަދު އެއަށްވުރެ ތިލަ ސަރަހައްދެއްކަމަށްވާ މާލެ ވިލިމާލެ ތިލަފުށި ގުޅުވައިދޭ ބުރިޖު އެއަށްވުރެ ދެގުނައަށްވުރެ ބޮޑު އަދަދަކަށް އަޅަން ނިންމާފައިވަނީ އެމްޑީޕީ ސަރުކާރުންނެވެ. އަދި ޔާމީނު ސަރުކާރުން މާލެ ހުޅުލެ ބުރިޖުގެ ސާވޭ މަސައްކަތް ހިލޭ ކުރިއަށް ގެންދިޔައިރު މިވެރިކަމުގައި ހަދަން ނިންމި ބުރިޖުގެ ސާވޭ އަށް 15 މިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާ އެމަސައްކަތް މިހާރު ވަނީ ހަވާލުކޮށްފައެވެ.

މިކަމަށް ފާޑުކިޔަމުން މިދިޔަ ސަރުކާރުގެ އިކޮނޮމިކު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށި-މާލެ ބްރިޖްގެ ސާވޭ އަށް މި ސަރުކާރުން 231 މިިލިޔަން ރުފިޔާ ޚަރަދު ކުރާއިރު، ސިނަމާލެ ބްރިޖް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސާވޭ ކުރީ ހިލޭ ކަމަށެވެ. “އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިނަމާލެ ބްރިޖް، އަޅުގަނޑުމެންގެ ލީޑަރު ރައީސް ޔާމީން އެޅުއްވި އިރު، ޗައިނާ ސަރުކާރުން ހިލޭ އެ ތަނުގައި ސާވޭ ކުރީ. މިއީ ތަފާތަކީ،” ސައީދު ވިދާޅުވި އެވެ.

ތިލަފުށި، ގުޅިފަޅު އަދި ވިިލިނގިލި މާލެއާ ގުޅުވައިދޭ ބްރިޖް އެޅުމަށްޓަކައި ޖިއޯފިޒިކަލް ސާވޭގެ މަސައްކަތް ނެދަލޭންޑްސް ފުގްރޯ ކުންފުންޏާ ސަަރުކާރުން ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މަހުގެ 15 ގައި މަސައްކަތް ފަށައި އަންނަ ޖުލައި މަހުގެ ހަތަކަށް ނިންމާ ގޮތަށް އެ ކުންފުންޏާ މަސައްކަތް ހަވާލުުކުރީ 15 މިލިޔަން ޑޮލަރު (231.3 މިލިޔަން ރުފިޔާ) އަށެވެ.

ޔާމީންގެ ސަރުކާރުން، ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުކުރީ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީ އެވެ.

އިންޑިއާގެ ވެރިކަން ކުރާ ހިންދޫ ހަރުކަށީ ފިކުރުގެ ބީޖޭޕީއާއިއެކު ގާތްގުޅުމެއް ބާއްވާ މިސަރުކާރުން ބުރިޖު އެޅުމަށް ނިންމާފައިވަނީ އިންޑިއާ ކުންފުންޏެއް މެދުވެރިކޮށެވެ. މި ސަރުކާރުން ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވިވާ އިރު ދައުލަތުގެ ޚަޒާނާއިން ބޮޑު ހޭދައެއް ކުރައްވައިގެން ބުރިޖުތައް އެޅުމަކީ އެންމެ ރަގަޅު ގޮތްބާވައެވެ.ކިޔުންތެރިންގެ ޚިޔާލު


 1. އާދަނު 8 މާރިޗު 2020 21:03

  ހުޅުލޭ ބްރިޖައް ވުރެއް ތހިލަފުށި ވިލިމާލެ ބްރިޖް ދިގު ވެފަ މަސަކައް އުދަގޫ ވާނެ

  1. ޙައްދު 9 މާރިޗު 2020 10:03

   ތިލަވީމަ ވާނީ ފަސޭހަ

  2. ޢީނާސް 30 މާރިޗު 2020 15:03

   ފަސޭހަވާނެ ތިލަވާނެ