12 ނޮވެމްބަރ 2019 ( އަންގާރަ )

banner

ބޮޑު އީދަށް ބޮލީވުޑުގެ ދެތަރިއަކު ފުވައްމުލަކަށް

އަންނަ ބޮޑު އީދު ފާހަގަކުރުމަށް ފުވައްމުލަކުގައި ބާއްވާ ޚާއްސަ ޝޯ އަށް ބޮލީވުޑުގެ ލަވަކިޔުންތެރިޔާ އަދި ޓިވީ ހޮސްޓް، އަދިތުޔަ ނާރަޔަން އާއި “ބިގް ބޮސް” އިން ވިދާލި ބޮލީވުޑްގެ އެކްޓަރު، ޕްރިޔަންކް ޝަރުމާ ފުވައްމުލަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުނިފޫހިފިލުމުގެ ޚަބަރުތައް ގެނެސްދޭ ދޯ މަޖައްލާއިން ހާމަކޮށްފިއެވެ.

“ތިމާ އީދީ 1440” ނަމުގައި ކުރިއަށްދާ މި ޝޯގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި ނެށުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕު އައިމިނަތު ސައިނާ ރަޝީދާއި، ޒުވާން ފަންނާނު ހުސެއިން އިރުފާނު (ޒަކިއްޓެ)، އަދި ރާއްޖެ ސްޓޭޓް އޮފް މައިންޑް ބޭންޑު ވެސް ޕާފޯމްކުރާނެ އެވެ.

ފުވައްމުލަކުގެ މަޝްހޫރު ބޭންޑު ޑަންޑަނާ ބޭންޑުގައި ހަރަކާތްތެރިވެ ގިނަ ދިވެހިން މަގުބޫލުކަން ހޯދާފައިވާ ހުސެއިން އިބްރާހިމް (ޑަންޑަނާ ހުސެއިން) އާއި އަހުމަދު ޝަފީގު (އަފަގެ) ގެ ހުށަހެޅުމެއް ވެސް އޮންނާނެ އެވެ. ފެސްޓިވަލެއް ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޝޯގެ ތެރެއިން އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި ފުޑް ކޯޓްތައް ވެސް ހުންނާނެ އެވެ.

މި ޝޯ އިންތިޒާމުކުރަނީ އިވެންޓް މެނޭޖްމަންޓްގެ ދާއިރާ އަށް އަލަށް ނިކުންނަ ސޭންޑް ރިޕަބްލިކް ޕްރައިވެޓް ލިމިޑެޓާއި ފުވައްމުލަކު ސިޓީ ކައުންސިލު ގުޅިގެންނެވެ.



ކިޔުންތެރިންގެ ޚިޔާލު