ފުވައްމުލައް ސިޓީގައި 1441 ވަނަ އަހަރުގެ އަޟުހާ ޢީދު ކުޅިވަރު

ދަޑިމަގު އީދު އުފާ 1441، ފޮޓޯ: ދަޑިމަގު ސރ.
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި މިއަހަރުގެ (1441ހ.) އަޟުޙާ ޢީދު ކުޅިވަރު ހަރަކާތްތައް ވަރަށް ފޯރިއާއެކު އެކު އަވަށްތަކުގައި ކުރިޔަށް އެބަ ގެންދެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ދަޑިމަގު އަވަށުގެ ޢީދު ކުޅިވަރުތަކެވެ. ހަމައެއާއެކު މާލެގަމު އަވަށުގެ ޢީދު ކުޅިވަރުތައް ވެސް ފޯރި ކުޑައެއް ނޫނެވެ.

ދަޑިމަގު ޢީދު އުފާ 1441ގެ ނަމުގައި ކުރިޔަށްގެންދާ ކުޅިވަރު ހަރަކާތްތައް ދަޑިމަގު އަވަށުގެ އެކި ސަރަހައްދުތަކުގައި އަންނަނީ  ބާއްވަމުންނެވެ. އެގޮތުން ދަޑިމަގު ފަންނާއި، ދަޑިމަގު ވޮލީ ކޯޓާއި، ފިނިވާމަގު، ނާއިބުތުއްތު މަގުގައި ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކުޅިވަރުތައް ކުރިޔަށް ގެންދެއެވެ.

ދަޑިމަގު އީދު އުފާ 1441، ފޮޓޯ: ދަޑިމަގު ސރ.

ދަޑިމަގު އަވަށުގެ އެކި އުމުރުފުރާގެ ދެޖުންސުގެ މީހުން 4 ޓީމަކަށް ބަހާލައިގެން ދަޑިމަގު އަވަށުގެ އީދު ކުޅިވަރުތައް ފެށީ ދަޑިމަގު ފަންނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކު ރޯސްލައިންގެ ސްޕޮންސާޝިޕްގެ ދަށުންނެވެ. ދަޑިމަގު އަވަށުގެ އީދު ޕްރޮގްރާމު އީދުގެ ފުރަތަމަ ދުވަސް، ހުކުރުން ފެށިގެން އީދުގެ 4 ވަނަ ދުވަހަށް (ހޯމަ) އާއި ހަމަޔަށް ވަނީ ތާވަލް ކޮށްފައެވެ.

ދަޑިމަގު އީދު އުފާ 1441، ފޮޓޯ: ދަޑިމަގު ސރ.

ދަޑިމަގު އީދު އުފާ ޕްރޮގްރާމުގައި ހިމެނެނީ، އާއްމު އީދު ކުޅިވަރާއި މާސްޓަރ ޝެފް/ކުރުބާ ރަން އަޑާއި، އީދުގެ ދެވަނަ ދުވަހު، އަންހެނުންގެ ފުޓުބޯޅަ އަދި ފިރިހެނުންގެ ފުޓްބޯޅައިގެ އިތުރުން މެންދުރު އަންހެން/ފިރިހެން ރިލޭ، އަދި ހަވީރު، ކުޑަކުދިންގެ ހަވީރާއި އާއްމު އީދު ކުޅިވަރެވެ. އީދުގެ 3 ވަނަ ދުވަހު ފިނިވާމަގުގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލްގެ އިތުރުން ހަވީރު ދަޑިމަގު ފަންނަނުގައި އީދު ކުޅިވަރުތައް ކުރިޔަށް ގެންދާގޮތަށެވެ. އަދި ޢީދުގެ އެންމެ ފަހު ދުވަހު ހެނދުނު ޓްރަޔަލް ރޭހަކާއި ހަވީރު އާއްމު އީދު ކުޅިވަރުގެ އިތުރުން އީދު ކުޅިވަރުތައް ނިންމާލަނީ ފަހު ދުވަހުގެ ރޭގަނޑު ދަޑިމަގު ފަންނުގައި ބާއްވާ ފެޝަން ޕެރޭޑަކާއެކު އެވެ.

ދަޑިމަގު އީދު އުފާ 1441، މާސްޓާ ޝެފް ހަރަކާތުގެ ތެރެއިން ފޮޓޯ: ދަޑިމަގު ސރ.

މި ކުޅިވަރުތަކުގައި ދަޑިމަގުގެ އެކި އުމުރުފުރާގެ މީހުން އުފަލާއި މަޖަލުގައި އީދު ފާހަގަ ކުރަމުން ދެއެވެ. މިކުޅިވަރުތަކުގެ ތެރެއިން މިހާތަނަށް އެންމެ ފާހަގެ ވެގެން ދިޔައީ މާސްޓާ ޝެފްގެ ހަރަކާތެވެ.

މާލެގަމު އަވަށުން ވެސް ވަނީ މާލެގަމު ފުޓްސަލް ކޯޓުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް އަވަށުގެ މީހުންނަށް ބާއްވާފައެވެ.

މާލެގަމު އީދު ކުޅިވަރު 2020

މީގެ ތެރޭގައި ފައިގަތަޅާއާއި އަންހެނުންނެ ފުޓްސަލް އަދި ވެސް ތަފާތު ކުޅިވަރުތަކާއި ރޭސްތައް ހިމެނެއެވެ.

މާލެގަމު އީދު ކުޅިވަރު 2020

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments