މިއަދަކީ 1441 ވަނަ އަހަރުގެ އަޟުޙާ ޢީދުދު ދުވަސް

އީދު މުބާރަކް ކިޔުމަށް އާއްމުން ބޭނުން ކުރަމުން އަންނަ ބައެއް ވައިބާ ސްޓިކާއާއި ފޮޓޯތައް
Share on facebook
Share on twitter
Share on google

މިއަދު، 31 ޖުލައި 2020 ވީ ހުކުރު ދުވަހަކީ ހިޖުރީ ގޮތުން 1441 ވަނަ އަހަރުގެ އަޟުޙާ ޢީދުދު ދުވަހެވެ. އަޟުހާ އީދަކީ މުސްލިމުން ފާހަގަ ކުރާ ދެ އީދުގެ ތެރެއިން ދިވެހިރާއްޖޭގެ މީހުން ބޮޑު އީދުގެ ގޮތުގައި ފާހަގަ ކުރާ އީދެވެ.

މި ޢީދަކީ ޒުލްހިއްޖާ މަހުގައި މުސްލިމުން ގެ ރުކުނެއް ކަމުގައިވާ ހައްޖާއި ގުޅިގެން ފާހަގަ ކުރާ އުފާވެރިކަމުގެ 4 ދުވަހެވެ. އެއީ ޒުލްހިއްޖާ މަހު 10، 11، 12، އަދި 13 އެވެ. މިދުވަސްތައް އަންނަނީ ހައްޖު ދުވަސް (ޒުލްހިއްޖާ މަހު 9) އާއި ވިދިގެންނެވެ. ވުމާއެކު މިއީ ހައްޖުގެ އަޅުކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަސްތަކެކެވެ.

މިހާރު ދުނިޔެއަށް ދިމާވެފައިވާ، ކޮވިޑް-19ގެ ވަބާގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވަނީ ޖުމްލަ 10000 މީހުންނަށެވެ. އެއީ މުޅިންވެސް ސައުދި އަރަބިއާގައި ދިރިއެޅޭ މީހުންނެވެ. އޭގެތެރޭގައި މަދު ދިވެހިން ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. އަދި ހައްޖުގެ އަޅުކަން ގައިދުރުކަމާއިއެކު ކުރިތަން ޓީވީތަކުން ލައިވްކޮށް ދައްކަމުން ދިޔައެވެ.

ދިވެހިރާއްޖެ އާއި މުސްލިމު އެހެން ގައުމުތަކުން މިއަހަރު ހައްޖުގެ އަޅުކަމަށް މައްކާއަށް ނުދެވުނު ކަމުގައި ވިޔަސް ސައުދި އަރަބިއާގެ މައްކާގައި މުސްލިމުން ކުރި ހައްޖުގެ އަޅުކަމުގައި ދިވެހިންވެސް ހިތާއި ދުލުން، އަމަލާއި ބަހުން ބައިވެރިވިއެވެ. އެގޮތުން، ހައްޖު ދުވަހު ރާއްޖޭގެ ގިނަ ބަޔަކު ރޯދަ ހިފުމާއި، ކޮންމެ ރަށެއްގައި މިއަދު އީދު ނަމާދު ކުރުން ބޭއްވިއެވެ.

އީދު މުބާރަކް ކިޔުމަށް އާއްމުން ބޭނުން ކުރަމުން އަންނަ ބައެއް ވައިބާ ސްޓިކާއާއި ފޮޓޯތައް

ބައެއް ރަށްރަށުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިއިރު އަނެއްބައި ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކުގައި ކުރީ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުންނެވެ.

އީދު ނަމާދަށްފަހު ފުވައްމުލަކުގެ ގިނަ ބަޔަކު އާދަކާދައާއި އެގޮތަށް އާއިލާ މީހުންގެ ގެއަށް ޒިޔާރަތް ކޮށް އީދު ސަލާމް ކުރުމާއި އީދު މުބާރިކް ކިޔުން އަދި އީދު ސައި ބުއިން ކުރިޔަށް ގެންދަމުން އެބަދެއެވެ.

ފުވައްމުލަކުގައި ކޮވިޑް-19ގެ ބަލި މީހަކު މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި ފުވައްމުލަކުން މިހާތަނަށް ނެގި ސާމްޕަލްތައް ވަނީ ނެގަޓިވް ވެފައެވެ. ވުމާއެކު ފުވައްމުލަކުގެ މީހުން ގަބޫލުކުރާ ގޮތުގައި މި ކޮވިޑްބަލީގެ ނުރައްކަލެއް މިވަގުތަކު ފުވައްމުލަކުގައެއް ނެތެވެ.

އަދި އެހެންޏާވެސް ކުރިޔަށް ގެންދާގޮތަށް، އީދާއި ގުޅުވައިގެން ދަޑިމަގު އަވަށުގައި ވަނީ ގިނަ ކުޅިވަރު ހަރަކާތްތަކެއް ރާވާފައެވެ. އަދި މިހާރު އީދު ކުޅިވަރުތައް ދަޑިމަގު ފަންނުގައި ފަށާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

މުސްލިމުން ދެން ފާހަގަ ކުރާ އީދަކީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމާއި، ފިތުރު ޒަކާތާއި ގުޅިގެން ފާހަގަކުރާ ފިތުރު ޢީދުގެ 3 ދުވަހެވެ.

ދިވެހިރާއްޖޭގައި އަޟުހާ އީދުގެ އުފަލުގައި ގިނަ ދުވަސްތަކެއް ފާހަގަ ކުރި ނަމަވެސް އިރުމަތީ އޭޝިއާގެ މުސްލިމުން ބޮޑު އީދެއްގެ ގޮތުގައި، އުފަލުގައި ގިނަ ދުވަސް ފާހަގަ ކުރަނީ ފިތުރު އީދުގައެވެ. އެމީހުން 1 ހަފުތާ، 7 ދުވަސް ފިތުރު އީދުގެ އުފަލުގައި އުފާފާޅުކުރުމަށް ފާހަގަ ކުރެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments