A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ގެ ފުވައްމުލަކުން ނެގި އިތުރު 3 ސާމްޕަލް ވެސް ނައްސިވެއްޖެ

އަތޮޅުތެރޭގައި ކޮވިޑް-19 ޕޮޒިޓިވްވި ރަށްތައް

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފުވައްމުލައް ސީޓީ އިން ނެގި ސާމްޕަލްތައް ނައްސި (ނެގަޓިވް) ވެފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިރޭ ހާމަކުރައްވައިފިއެވެ.

މ ރޭ ސިޓީ ކައުންސިލުން ހާމަކޮށްފައި ސާމްޕަލް ނަންބަރ 11،12،13 ގެ ނަތީޖާއެވެ. މީގެ ތެރޭގައި މި މެއި މަހު 24 ވީ ބުރާސްފަތި ދުވަހު ކުއްލިގޮތަކަށް ނިޔާވި ބަނގްލާދޭޝް މީހާގެ ސާމްޕަލް ގެ ނަތީޖާ ވެސް ހިމެނޭ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރި ޓްވީޓްގައި ވެއެވެ.

މީގެ ކުރިން ފުވައްމުލައް ސިޓީން ނެގުނު ހުރިހާ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވް ވެފައެވެ. ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުން ގަބޫލުފުޅުކުރައްވާ ގޮތުގައި ރަށުގެ ކޮމިއުނީޓީއިން މިބަލި ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އިއްޔެ، 17 މެއި ގައި ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކުގެ ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރުން ބަންދު މުއްދަތު އިތުރު ކޮށްްފައެވެ. ފިހާރަތަކުން މިހާރު ވިޔަފާރި ކުރެވެނީ އޮންލައިކޮށް ނުވަތަ ފޯނުން އޯޑަރުކޮށްގެން ތަކެތި ޑެލިވަރީ ކުރާ ގޮތަށެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ހއ. އުލިގަމު، ހއ. ތަކަންދޫ، ށ، ނަރުދޫ، ށ، މިލަންދޫ، ނ.މާފަރު، ނ.މަނަފަރު، ކ.ތުލުސްދޫ ގެ އިތުރުން ކ.ހިންމަފުށިން ކޮވިޑް-19 ގެ ބަލި މީހުން ފެނިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !