A wide advertisement which will be shown on all devices. (700 x 100)

ފައިސަލް ފައުންޑޭޝަން ގެ ފަރާތުން ކާށިދޫގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

މެޑިކަލް ކޭމްޕު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު މަދަނީ ޖަމިއްޔާއެއް ކަމަށްވާ ފައިސަލް ފައުންޑޭޝަން ގެ ފަރާތުން ކ.ކާށިދޫ އަދި ގާފަރު ރައްޔިތުންނަށް ހުޅުވަލައިގެން މެޑިކަލް ކޭމްޕެއް ކާށިދޫ ގައި ބާއްވައިފިއެވެ.

މާބަނޑު އަންހެނުން ސްކޭން ކުރެވޭނެ އިންތިޒާމްތަކާއެކު ކާށިދޫ ގައި ކުރިޔަށް ގެންދިޔަ ހާއްސަ މެޑިކަލް ކޭމްޕުގައި އޭޑީކޭގެ ގައިނޮކޮލޮޖިސްޓް ޑޮކްޓަރ އައިޝަތު ނުސްރާ އާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް މެޑިކާގެ ހާއްސަ ޑޮކްޓަރ، ޑޮކްޓަރު އަހްތަރުވެސް ބައިވެރިވިއެވެ.

މި ކޭމްޕް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަދި ފުވައްމުލަކަށް އުފަން ފައިސަލް ނަސީމް ވިދާޅުވިގޮތުގައި ރަށުގައި ތިބެގެން މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމްގެ އިތުރުން ހާއްސަ ޑޮކްޓަރުންނަށް ދައްކާލުމުގެ ފުރުސަތު ކުރިޔަށް އޮތްތާގައިވެސް ހޯދާދޭނެކަމަށާއި، ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރިއަށް ގެންދިޔުމަށް ސިއްހީދާއިރާގެ އެކިއެކި ފަރަތްތަކާއި ވާހަކަ ދައްކަމުން އަންނަކަމަށެވެ. އަދި ވަކިހިސާބަކުން ނިންމާލާފައި ދާއުސޫލުން ކަންކަން ކުރަން ބޭނުން ނުވާކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ފައުންޑޭޝަނުންވަނީ، ކ. ގާފަރު ސިއްހީ މަރުކަޒުގެ އިތުރު ވޯޑެއް އިމާރަތްކުރުމަށް ނިންމައި، އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅައިފައެވެ.

މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިގޮތުގައި ހަމައެކަނި ސަރުކާރަށް ނުވަތަ ކައުންސިލަކަށް މިކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ކަންކަމެއް ނުކުރެވޭނެ ކަމަށާއި، މިފަދަ ކަންކަން ކަމިޔާބުކަމާއި އެކު ކުރެވޭނީ މަޖިލިސް މެންބަރުންގެ އިތުރުން ތަނަވަސް މީހުން ހޭދަކޮށްގެން ކަމަށެވެ.

ފައިސަލް ފައުންޑޭޝަންގެ ފައުންޑަރ ފައިސަލް ނަސީމް އަކީ 1986 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި އިޖްތިމާއީ ހިދުމަތްތަކެއް ކުރައްވަމުން އަންނަށް ބޭފުޅެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !