A wide advertisement which will be shown on all devices. (700 x 100)

މަލިކުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒެއްގައި ފުވައްމުލަކު އަންހެނެއް

މައުރުޒުގައި ބައިވެިވެފައި ވާތީ ޝަފީގާއަށް ސެޓްފިކެޓާއި އިނާމް ހަވާލު ކުރަނީ

އިންޑިއާގެ ކޮޗިންގައި ދިރިއުޅެމުންގެންދާ، ފުވައްމުލަކު ދިގުވާނޑު،ދާފަރާގެ، ޝަފީގާ މުހައްމަދު، ފުރަތަމަ ފަހަރަށް މަލިކުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒެއްގައި ދިވެހިރާއްޖެ ތަމްސީލް ކޮއްފިއެވެ.

މިދިޔަ ޑިސެމްބަރ 27-28 ގެ ނިޔަލަށް މަލިކުގައި ކުރިޔަށް ގެންދިޔަށް “3 ވަނަ ނެޝެނަލް މިނިކޮއި ފެސްޓިވަލް 2014″ އާއި ބެހޭ ގޮތުން މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ޝަފީގާ ވިދާޅުވި ގޮތުގައި ، މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި ގުޅިގެން މަލިކަށް ގޮސް މައުރަޒުގައި ބައިވެރިވީ ކަމަށެވެ.

”މަލިކުގައި ބޭއްވި ފުޑް ފެސްޓިވަލަކުން ފުރުސަތު ލިބުނީމަ ބައިވެރިވީ، މިއީ ދިވެއްސަކު މަލިކުގައި ބޭއްވި މިފަދަ މައުރަޒެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް މަލިކު ރައްޔިތުން ބުނޭ” ޝަފީގާ ވިދާޅުވިއެވެ.

މި މައުރަޒުގައި ޝަފީގާވަނީ ދިވެހި ކާބޯތަކެތީގެ ގިނަ އުފެއްދުންތަކެއް ދައްކާލާފައި އެވެ. އަދި ދިވެހި އުފެއްދުންތަކަށް މަލިކު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޝަފީގާ ވިދާޅުވިއެވެ.

ކުރިޔަށް އޮތްތާގައި ވެސް މަލިކުގައި ބާއްވާ، މިފަދަ މައުރޒުތަކުގައި ފުރުސަތު ލިބުނު ވަރަކުން ބައިވެރިވާނެކަމަށް އެނާ ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝަފީގާ މަލިކަށް ކުރި ތާރީޙި، 15 ދުވަހުގެ ދަތުރު އޭނާ ސިފަކޮއްފައި ވަނީ “އުފާވެރި ކަމިޔާބު” ދަތުރެއްގެ ގޮތުގައިއެވެ .

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !