17 އޮކްޓޯބަރ 2018 ( ބުދަ )

banner

ޕިލިޕީންސްގެ ބެންގުއި ވިންޑް ފާމް - ރާއްޖޭގައި ވެސް ވައިން ހަކަތަ އުފެއްދިދާނެ.

ވައިގެ ހަކަތަ ރާއްޖޭގައި ވެސް ވައިގައި ހިފާނެ!

ފިލިޕީންސްގެ ބެންގުއި ވިންޑް ފާމް އަކީ ސައޮތު އީސްޓް އޭޝިއާގައި ވާ ވައިން ހަކަތަ އުފައްދާ އެންމެ ބޮޑު މަރުކަޒު ނުވަތަ ފާމެވެ. އެގައުމުގެ ބެންގުއި ބޭގައި ހުންނަ ‘ބެންގުއި ބޭ ވިންޑް ފާމް’ ގައި ވައިން ހަކަތަ އުފައްދާ 70 މީޓަރުގެ ބުރަފަތި ދަނޑިތައް (ވިންޑް ޓާރބައިންސް) ހަރުކޮށްފައި ވެއެވެ. މި ބުރަފަތިތަކުން ރަށުގެ އައްސޭރިފަށަށް ރީތި މަންޒަރަކުން ސިފަކުރުވައި ވެސް ދެއެވެ.

މިބުރަފަތި ތަކުން 33 މެގަވޮޓް ގެ ކަރަންޓް އުފައްދާދެއެވެ. 2005 ވަނަ އަހަރު ފެށި މި މަޝްރޫޢޫ އިތުރަށް ފުޅާކޮށް އެ ގައުމުގައި މިހާރު ވަނީ އިތުރު 5 ވައިން ހަކަތައް އުފައްދާ މަރުކަޒު ގާއިމުކޮށް، އެއިގެ ނަފާ ހޯދަމުންނެވެ. މިވިންޑް ފާރމްތަކުން ހަކަތަ އުފެއްދުމުގެ އިތުރުން ގިނަ ބަޔަކަށް ވަޒީފާ ވެސް އުފައްދައި ދެއެވެ. އަދި މިއާއި ގުޅިގެން ޓްވަރިޒަމްގެ ސިނާއަތެއް ވެސް އުފެދި ގައުމުގެ އިގުތިސާދަށް އެއިގެ ފައިދާ ލިބެމުން ދެއެވެ.

ރާއްޖޭގައި ވެސް 2008 ވަނަ އަހަރު ގާފަރު ފަޅުގައި ވައިން ހަކަތަ އުފައްދާ “ވިންޑް ފާމެއް” ގައިމު ކުރުމަށް ރޭވިގެން ދިޔައެވެ. ނަމަވެސް އެ މަޝްރޫއަށް ވީގޮތެއް ފަހުން ނޭގުނެވެ. އެސްޓީއޯއިން ދައްކާލުމުގެ ވައިން ހަކަތަ އުފައްދާ ބުރަފަތި ދަނޑިއެއް މާލޭގެ ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގެ ކައިރިގައި ހަރުކުރިއެވެ. އަދި މި ބުރަފަތި ދަނޑި ބަލާފައި ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ ރާއްޖޭގައި ވެސް ވައިން ހަކަތަ އުފެއްދުމުގެ ޒަމާން ފެށުނީ ކަމަށެވެ. ނަމަވެސް އެކަން އަމަލީގޮތުން ކުރިތަނެއް އަދި ނުފެނެއެވެ.

ރާއްޖޭގައި މިހާރު ވެސް އަވިން ހަކަތަ އުފެއްދޭ ގޮތަށް ވައިން ވެސް ހަކަތަ އުފެއްދައި އެއިގެ ނަފާ ގައުމަށް ހޯދިދާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު