A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ އަލަޗިޕްސް ރާއްޖެއިން ބޭރަށް

މިއަދު ފުނާޑް ކޯޕަރޭޓިވް ސޮސައިޓީއާއި މެގަމޯލްޑިވްސް އައި ދެމެދު ވެވުނު އަލަޗިޕްސް ވިއްކުމުގެ އެއްބަސްވުން ލީޒާ އަދި ޝަފީގު ބަދަލުކުރަނީ

ފުވައްމުލަކުގައި އުފައްދާ އަލަ ޗިޕްސް ރާއްޖެއިން ބޭރަށް މާކެޓް ކޮށްދިނުމުގެ އެއްބަސްވުމެއްގައި ފުނާޑު ކޯޕަރޭޓިވް ސޮސައިޓީއާއި މެގަ މޯލްޑިވްސް އަދި މޯލްޑިވިއަން އައިލެންޑް އޭވިއޭޝަން އާއެކު މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ވެލާނާގެ ގައި ބޭއްވުނު ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ އެމިނިސްޓްރީން ކޯޕަރޭޓް ސޮސައިޓީތަކުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި މާކެޓްގައި ރަނގަޅު އަގެއް ހޯދައިދިނުމުގައި އެހީތެރިވެދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރިޒޯތްތަކާއި އެއަރލައިންތަކާއި މޯޑިވްސް އެއަރޕޯރޓްސް ކޮމްޕެނީއާއި ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ޑރ. ޝައިނީ އިތުރަށް ވިދާޅުވީ އެއަރލައިން ކެޓަލޮގުތަކުންނާއި ޑިއުޓީ ފްރީ ފިހާރަތަކުން ފުވައްމުލަކުގެ އަލޗިޕްސް ފެނިގެންދާނެކަމަށެވެ. އެގޮތުން ފަތުރު ވެރިންނަށް ރާއްޖޭގެ ޕްރަޑަކްޓެއްގެ ގޮތުގައި މިޕްރޮޑަކްޓް ވިއްކައިގެން ކޯޕަރޭޓިވް ސޮސައިޓިއަށް ރަގނަޅު އަގެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައިލެނޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ ހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ލައުންޖު ތަކުންނާއި އެކުންފުނީން ހިންގާ އެއަރޕޯޓްތަކުން ފުވައްމުލަކުގެ އަލަޗިޕްސް ލިބެން ހުންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން އިތުރު ޕްރޮޑަކްޓްސް ތަޢާރަފުވެ ވަޒީފާތައް އުފެދިގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
މިއަދު އެއްބަސްވުން ގާއިމުކުރި މެގަމޯލްޑިވްސްގެ ސީނިއަރ މެނޭޖަރު ލިޒާ ވިދާޅުވީ މެގަމޯލްޑިވްސްއިން ބެއިޖިން، ޝެންހާއި އަދި ހޮންކޮންގ އަށް ކުރާ ދަތުތުތަކުގައި އަލަޗިޕްސް ވިއްކާނެ ކަމަށެވެ. އަދި އަލަ ޗިޕްސްއަކީ ވަރަށް ކޮލިޓީ ރަނގަޅު އަދި މީރު ޕްރޮޑަކްޓެއް ކަމަށާއި އެކަމަށް ފަޚުރުވެރިވުން ފުނާޑު ކޯޕަރޭޓިވްސް އަށް ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވި ފުނާޑް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރމަން މުހައްމަދު ޝަފީގު ވިދާޅުވީ އެސޮސައިޓީގެ އަމާޒަކީ ޒަމާނުއްސުރެ ފުވައްމުލަކުގައި ބޭނުން ކުރަމުންއައި އަލަ ނެތިގެން ދިއަނުދީ އެކަމަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ފުވައްމުލަކަކީ ވަކިން އޮންނަ ރަށަކަށް ވުމުން ދުނިޔެއަށް ދިމާވާ ހާލަތެއްގެ ސަބަބުން އެންމެ ފުރަތަމަ ހާލުގައި ޖެހޭނީ ފުވައްމުލަކު މީހުން ކަމަށް ޝަފީގު ދެކިލައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރަށެއްގައި ފުޑް ސެކިއުރިޓީ ގާއިމުކުރާނަމަ އެންމެ ފުރަތަމަ ގާއިމުކުރަން ޖެހެނީ ފުވައްމުލަކުގައި ކަމަށް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދެހަފުތާއެއް ހާ ދުވަހުގެ ތެރޭގައި އަލަޗިޕްސް ވިއްކަން ފަށާނެ ކަމަށް މެގަމޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. ނަމަވެސް އަލަ ވިއްކާނެ ގޮތުގެ ތަފުސީލެއް އަދި އަގެ ހާމައެއް ނުކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !