A wide advertisement which will be shown on all devices. (700 x 100)

ހަށިވިއްކި މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަން.

ފުވައްމަލުގައި 16 އަހަރާއި 14 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައާއި ގުޅިގެން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އަދި މި ދެކުދިން ކުރެ އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ފުވައްމުލަކުގައި ހިނގާފައިވާ ހަށިވިއްކި މައްސަލައާއި ގުޅިގެން މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލައާއި ގުޅޭ އިތުރު ތަހްގީގްތައް ކުރުމަށް މާލެއިން ހާއްސަޓީމެއް ފުވައްމުލަކަށް ގޮސްފައިވާ ކަމަށެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 55 އަހަރާއި ދެމެދު ދިވެހި 10 ފިރިހެނުން ކަމަށެވެ.

“ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ފަސް މީހުންނަކީ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރުން މާރާމާރީ ހިންގުމާއި ވައްކަމާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކޮށްފައިވާ މީހުން” ފުލުހުން ވިދާލުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާއާއި ގުޅިގެން މިހާރުވެސް ބައެއް ތަންތަން ފާސްކޮށް ބަލާހަދަމުންދާކަމަށާއި މިކަމުގައި ޝާމިލްވާ އިތުރު މީހުންވެސް ހޯދަމުންދާކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !