22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލަކު ލައިބުރަރީ، އަދި ޕާކިސްތާނުން ހަދިޔާކުރި ފޮތްތައް

ޕާކިސްތާނުން ދިގުވާޑު ލައިބްރަރީ އަށް ފޮތް ހަދިޔާކޮށްފި

ދިގުވާޑު ކައުންސިލުން ހިންގާ ފުވައްމުލަކު ލައިބްރަރީ އަށް ޕާކިސްތާނު ސަރުކާރުން ފޮތް ހަދިޔާކޮށްފިއެވެ. މިފޮތްތަކާއި ހަވާލުވީ ދިގުވާޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފާއި ކައުންސިލް މެމްބަރު އަލީ ޒައިދު އެވެ.

ފުވައްމުލަކު ލައިބްރަރީ އަކީ އާއްމުނަށާއި ސްކޫލުކުދިންނަށް ވެސް ހުޅުވާލެވިފައިވާ ލައިބްރަރީއެކެވެ. މިއީ މިހާރު ފުވައްމުލަކުގައި އާއްމުނަނަށް ހުޅުވާލެވިފައިވާ ހަމައެކަނި ލައިބުރަރީއެވެ.

ފުވައްމުލަކު ލައިބުރަރީ ހުންނަނީ ދިގުވާނޑާއި ދަޑިމަގު ގުޅޭ ހިސާބުން އެމްޖޭއެމް ސްކޫލް ކައިރީގައެވެ. މި ލައިބުރަރީ ހުޅުވާފައި ވަނީ 2014 ވަނަ އަހަރު ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު