A wide advertisement which will be shown on all devices. (700 x 100)

އަބްދުﷲ އެންސްޕާއިން ވަކިކޮށްފި

އަބްދުﷲ މުހައްމަދު ދީދީ

އެންސްޕާގެ ސީއީއޯ އަބްދުﷲ މުހައްމަދު ދީދީ (ހުނުބޮލި އަބުލޯ) އެމަގާމުން ވަކިކޮށް އެހެންމީހަކު އެމަގާމަށް ހަމަޖައްސާފައި ވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މީޑިއާއަށް އިއްޔެ ވިދާޅުވެއްޖެއެވެ.

އަބްދުﷲ މަގާމުން ވަކިކޮށްފައިވަނީ އިއްޔެ ކަމަށާއި އެންސްޕާގެ ސީއީއޯކަމަށް މުޖުތަބާ ޖަލީލު ހަމަޖައްސަވާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި އަބްުޅޯ މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން މިބަދަލު ގެނައީ ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަގާމުތަކުގެ މަސްއޫލިއްޔަތަށް މީހުން އައްޔުންކުރުމަށް ލިބިދޭ ބާރުގެ ދަށުން ގެނައި ބަދަލެއްކަމަށް މުއާޒު ވިދާޅުވިއެވެ. އަދި އަބްޅޯއަށް ވަނީ އެންވަޔަރމެންޓް މިނިސްޓްރީގެ ނާއިބުކަމުގެ މަގާމު ދެއްވާފައެވެ. އަބްޅޯ ވަނީ ކުރިން އެންވަޔަރމެންޓް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ.

އަބްދުﷲ މުހަންމަދު ދީދީ އަކީ ފުވައްމުލަކު އަަތޮޅު ކައުންސިލަށް، މެދު ދާއިރާއިން މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަކޮށް، ހޮވި އަދި ފަހުން ޕީޕީއެމަށް ސޮއިކޮށްފައިވާ ފަރާތެކެވެ. އަދި އަތޮޅު ކައުންސިލްގެ ނާއިބުރައީސްކަމުގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.

އަބްޅޯ ވަކިކުރެއްވި ކަމަށް ބައެއްމީހުން ސިފަކުރަނީ ސަރުކާރުން ބޭނުން ގޮތަކަށް އެންސްޕާގެ ތެރެއިން ކަންތައްތައް ހަމަނުޖެހޭތީ ޑިފެންސް މިނިސްޓަރު ގެ މީހަކު އެމަގާމަށް އައްޔަންކުރުމުގެ ގޮތުންކަމަށެވެ. އަދި ބައެއް މީހުން ސިފަކުރާގޮތުގައި އެއީ ނާއިބު ރައީސްގެ “ފިޔަކޮށާލުމުގެ” ތެރެއިން ދިޔަކަމެއް ކަމަށް ބެލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !