A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެއާޕޯޓްގައި ގޭޓެއް ބަހައްޓައިގެން ، އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ޓެކްސް ނަގަނީ

ފުވައްމުލަކު އެއާޕޯޓް -

ފުވައްމުލަކު އެއާޕޯޓްގައި ގޭޓެއް ބަހައްޓައިގެން ، އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ޓެކްސް ނެގުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކުގައި އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ .

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާުޅުވީ އެމްޑީޕީގެ ސަރުކާރުން އެއާޕޯޓް ހެދިއިރު، އެއާޕޯޓްގައި ގޭޓެއް ނުބެހެއްޓީ، އެއަރޕޯޓްގެ ގުދުރަތީ ރީތިކަން އެންމެންނަށް ރީތިކޮއް ފެންނަގޮތަށް ހެދުމަށާއި، ފަސޭހަކަމާއި އެކު ވެހިކަލްތަކަށް ވަދެ ނުކުމެވޭނެ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެހެން ނަމަވެސް މިހާރުގެ ސަރުކާރުން އެއާޕޯޓްގައި ގޭޓެއް ބަހައްޓައިގެން، އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ޓެކްސް ނެގުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމާއި މެދު ނުހަނު ކަންބޮޑުވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

އިތުރުށް ފަލާޙް ވިދާޅުވި ގޮތުގައި މިކަން ކުރުމަށް ރައްޔިތުން ހިލާ ފުރުސަތެއް، ނުދޭނެކަމަށާއި، މިއަދުން ފެށިގެން މިކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !