A wide advertisement which will be shown on all devices. (700 x 100)

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މިދިޔަ އަހަރު ޖުލައި މަހު ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޖުލައި 3، 2017 ގައި މަޖިލީހަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލް ކުރުމަށާއި ޖަލްސާގައި ޖަވާބުދާރީވުމަށް މަސީހަށް 30 މިނިޓާއި މެމްބަރުންނަށް ބަހުސުކުރުމަށް ދޮޅު ގަޑިއިރު ދިނުމަށް މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިންނިންމިއެވެ.

މާދަމާ ރޭވޯޓަކަށް ދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ކަމަށް އިދިކޮޅު މެމްބަރުންނާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކުރެއެވެ.

2017 ވަނަ އަހަރު ޖުލައި މަހު މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނީ 45 މެމްބަރުންގެ ސޮއާއެކުގައެވެ. އެ މައްސަލައާއި ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ޖަލަށް ލެވި 12 މެމްބަރެއްގެ ގޮނޑި އޭރު ގެއްލުނު ނަމަވެސް އޭގެ އެއް އަހަރަށް ވުރެގިނަ ދުވަސް ފަހުން ސްޕްރީމް ކޯޓުން މިވަނީ އެ 12 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ނިންމާފައެވެ.

އެ ނިންމުމާއި ގުޅިގެން އާންމު ކޮމިޓިއިން މިވަނީ މަސީހުގެ އިތުބާރުނެތްކަމުގެ ޢެމައްސަލަ އަލުން ތާވަލުކުރުމަށް ވެސް ނިންމާފައެވެ.

މިދިޔަ ޖުލައިމަހު ހުށަހެޅުނު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލްކުރަން ނިންމުމުގެ ކުރިން މަސީހު ވަކިކުރަން 51 މެމްބަރުންގެ ސޮޔާ އެކު މިދިއަ ބުދަދުވަހުވެސް ވަނީ ހުށަހަޅަފައެވެ. އެމައްސަލަ ނޮވެމްބަރު 8 ގައި އޮންނާނެ ކަމުގެ ނޯޓިސް ވަނީ ދީފަ އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !