A wide advertisement which will be shown on all devices. (700 x 100)

ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ހަވީރު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލު ކުރައްވަނީ

ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު ފުވައްމުލައް ސިޓީ ކައުންސިލާއި މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ. އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ޓްވަރިޒް މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ.

ސިޓީ ކައުންސިލްގެ މީޓިން ރޫމުގައި ކުރިޔަށް ގެންދެވުނު މިބައްދަލުވުމުގައި މިިސްޓަރ އަލީ ވަހީދު ވިދާޅުވީ ފުވައްމުލަކުގައި ހިންގާ ގެސްޓް ހައުސް ތަކާއި ފަތުރުވެރިކަމާއި ގުޅުން ހުރި ތަންތަން ރެގިއުލޭޓުކޮށް ބެލެހެއްޓުމުގެ ބާރު ސިޓީ ކައުންސިލަށް ދެއްވާނެ ކަމަށެވެ. ފަތުރުވެރިކަމާއި ގުޅޭ ގޮތުން ފުވައްމުލަކުގައި ހިންގާ ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން ބަލަން އެމިނިސްޓްރީން މީހަކު ފުވައްމުލަކަށް ނުފޮނުވާނެ ކަމަށެވެ. އަދި އެމިނިސްޓރީގައި އެކަމަށް ޑެސްކެއް ވެސް ބެހެއްޓުމަށް ގަސްތު ނުކުރައްވާ ކަމަށެވެ. ފުވައްމުލަކުގެ އެފަދަ ކަންކަން ބަލަހައްޓުމުގެ އިޚުތިޔާރާއި ބާރު ސިޓީ ކައުންސިލަށް ލިބިގެން ދާނެކަމަށެވެ.

ފުވައްމުލައް ސިޓީގެ ބީޗު ސަރަހައްދު ފަތުރު ވެރިކަމަށް ބޭނުންކުރާނެ ގޮތާއި ބޭނުންކުރާނެ ތަން ކަނޑައެޅުން ފަދަ ކަންކަމުގައި ސިޓީ ކައުންސިލަށް އިޚުތިޔާރު ލިބިދެވޭނެ ކަމަށެވެ.

ފުވައްމުލަކުގެ ފަތުރުވެރިކަމާއި ގުޅޭ ޕްލޭނެއް ސިޓީ ކައުންސިލުން ކަނޑައަަޅައި ޓްވަރިޒަމް މިނިސްޓރީއަށް ފޮނުވުމުން އެކަންތައް ކުރާނެ އުސޫލެއް ކަނޑައެޅިގެން ދާނެކަމަށެވެ. އަދި އެފަދަ އުސޫލުތަކެއް ކަނޑައަޅާއި އެމިނިސްޓރީއަށް ހުށަހެޅުމަށް އެދިވަޑައިގަތެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން އަލީ ވާހީދު ޓްވީޓް ކުރައްވައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ދަތުރު މިކުރައްވަނީ ރައްޔިތުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އުއްމީދުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. “ﷲގެ އިރާދަފުޅުން ލާމަރުކަޒީ ރާއްޖޭގެ އެކި މަންޒިލްތައް ތަރައްގީވެ، ފަތުރުވެރިކަމަށް ފަހި ޑެސްޓިނޭޝަންތަކަކަށް ވުމަށް ކުރަން ޖެހޭ ކަންކަން ކުރެވޭ” ކަމަށެވެ.

ޓްވަރިޒަމް މިނިސްތަރު އަލީ ވަހީދު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅު – އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް

މިބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން ތިމާވެއްޓާއި ބެހޭ މިނިނސްޓްރީގެ ސްޓޭޓް މިނިނސްޓަރު ޑރ. އަބްދުﷲ ނަސީރު ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ޓްވަރިޒަމް މިނިސްޓަރުގެ ނާއިބު ޑރ. ނައުޝަދު މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާޙު ޝަރީފާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރުގެ އިތުރުން އެހެން ބައެއް އިސް މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޓްވަރިޒަމް މިނިސްޓަރުގެ ޓީމުން މިރޭ ފުވައްމުލަކުގެ ފަތުރުވެރިކަމާއި ގުޅެ ގޮތުން ހުޅުވާލެވިފައިވާ ބައްދަލުވުމެއް ކުރުނދުމާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !