A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގައި ސްޕޯރޓްސް އައިލެންޑެއް ގާއިމު ކުރަނީ

2019 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ޓްވަރިޒަމް މިނިސްޓަރ މަރުހަބާ ދައްނަނަ ވަނީ

ފުރިމަ ޚިދުމަތްތަކާއެކު ސްޕޯރޓްސް އައިލެންޑެއް ރާއްޖޭގައި ގާއިމުކުރުމަށް މި ސަރުކާރުން ބޭނުންވާ ކަމަށް ޓްވަރިޒަމް މިނިސްޓަ އަލީ ހަވީދު ވިދާޅުވެއްޖެއެވެ. ރޭ ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގެ އެފަދަ ފެސިލިޓީސްތަކެއް މިހާރަކު ނެތްކަމަށެވެ.

ސްޕޯރޓްސް އައިލެންޑް ވާނީ ފުޓުބޯޅަ އެކަންޏެއް ނޫން، ހުރިހާ ކުޅިވަރެއްގެ ފެސިލިޓީސް ހިމެނޭގޮތަށް ތައްޔާރުކުރެވޭ ރަށަކަށް ކަމަށެވެ.

މިކަމަށް ދުނިޔޭގެ ކުރިއަރާފައި ތިބި ފަންނީ ފަރާތްތަކާއެކު މަސައްކަތް ފެށިއްޖެނަމަ އަމާޒަކީ ގަތަރު ވޯލްޑް ކަޕްގެ ކުރިން، ގަތަރުގެ ފެސިލިޓިސްތަކުގައި ޚިދުމަތް ބޭނުން ކުރުމަށް ދާ ދުނިޔޭގެ ބޮޑު ޓީމެއް ރާއްޖޭ އައިސް އެތަނުގައި ތަމްރީނުތައް ކުރިޔަށް ގެންދެވޭ ވަރަށް ކަންތައް ކުރެވުން ކަމަށް ވިދާޅުވިއެވެ.

މިކަން ކުރެވިއްޖެ ނަމަ އެއީ ރާއްޖެ މާކެޓް ކުރުމަށް ކުރެވިގެން ދާނެ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

އޭރުން ދުނިޔޭގެ މަޝްހޫރު ޓީމުތައް ބްރެޒިލް، ސްޕޭން ފަދަ ޓީމުތައް ގަތަރަށް ދިއުމުގެ ކުރިން ރާއްޖެ ގެނެވިދާނެ ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ކަޕް ދުވަސްވަރު ނޫނަސް، އިރުމަތީގެ، ޗައިނާ ހިސާބުގެ ޓީމުތަކުން ވެސް ބޮޑެތި ޚަރަދުތަކެއް ކުޅިވަރަށް ކުރަން ފަށާފައިވާ އިރު އެޓީމުތައް ވެސް ރާއްޖެ ގެނެވިދާނެ ކަމަށެވެ.

މިފަދަ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމަނާލައިގެން ރާއްޖެ މާކެޓް ކުރެވެން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !