A wide advertisement which will be shown on all devices. (700 x 100)

ދަތުރު ދިޔަ ހޭޒްގެ ބެލެނިވެރިޔަކު ހާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީއާއެކު ހޮސްޕިޓަލަށް

ދަތުރު ދިޔަ އެންމެން ސަލާމަތުން ހެޔޮހަލުގައި ތިނަދުއަށް

އެތުލެޓިސް މުބާރާތަށް ފަހު ތިނަދޫއިން މިއަދު ދަތުރު ދިޔަ ހާފިޒް އަހުމަދު ސްކޫލް (ހޭޒް)ގެ ބެލެނިވެރިޔަކު ހާލުދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމުގެ ތިނަދޫއަށް ގެނެސް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ. ހޭޒްގެ ޓީމުން ދަތުރު ދިޔައީ ތިނަދޫ ކައިރީގައި އޮތް ފަޅުރަށަކަށެވެ.

ހޭޒްގެ އެތުލެޓިކްސް ޓީމު މިއަދުގެ ދަތުރުމަތީގައި

އެތުލެޓިސް މުބާރާތުގެ ކާމިޔާބީއަށްފަހު ދިޔަ މިދަތުރުގައި ސްކޫލް ކުދިންނާއި މުވައްޒަފުންމާއި ބެލެނިވެރިން، އަދި ކޯޗުން ބައިވެރިވިއެވެ. ސްކޫލްގެ ޕްރިންސިޕަލްވެސް މިދަތުރުގައި ބައިވެރިވެފައިވެއެވެ.

ދަތުރު ގޮސް އުޅެނިކޮށް ހާލު ދެރަވި ހޭޒްގެ ބެލެނިވެރިޔާ ތިނަދޫ ހޮސްޕިޓަލަސް ގެންދަނީ

ޕިކްނިކް ދަތުރު ނިންމާފައި އެނބުރި ތިނަދޫއަށް އަންނަނިކޮށް ދޯނި ވިއްސާރާގައި ޖެހި، އޭނާއަށް ވަރަށް ބޮޑަށް ފިނީގެ އަސަރު ކުރީކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ. ހާލު ދެރަވި ބެލެނިވެރިޔާ ހުރީ ގަދާގައި ޖެހުމުން ވަރަށްބޮޑަށް ބިރުގަނެފައިކަމަށް މިކަލްނޫހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އަދި އޭނާގެ ހާލުދެރަވީ ފިޓްޖެހިގެން ކަމަށާއި އޭނާއަކީ ކުރިން ވެސް ފިޓްޖެހިފައިވާ މީހެއް ކަމަށް މައުލޫމަތު ލިބެއެވެ.

ދަތުރު ދިޔަ އެންމެން މިހާރު ތިނަދޫއަށް އާދެވިފައިވާކަމާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. އަދި އިތުރު އެއްވެސް ކަމެއް ދިމާވެފައި ނުވާކަމަށް ވެއެވެ. ދަތުރު ދިޔަ މީހުންނަށް އެހެން މަސްދޯންޏެއް ކަމަށްވާ “ކަނޑުއާލި” ދޯނިން އެހީތެރިކަން ފޯރުކޮށްދިން ކަމަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ.

ދަތުރު ގޮސްފައި އަންނަނިކޮށް ވިއްސަރަގައި ޖެހުނު ދޯންޏަށް ކަނދުވާލި ދޯނީގެ އެހިތެރިކަން ލިބުނު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !