A wide advertisement which will be shown on all devices. (700 x 100)

ރޯޒްމީޑް އަޙުމަދު އަލިދީދީގެ ހަނދާނީ ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރު ނިމިއްޖެ

ރޯޒްމީޑް އަޙްމަދު އަލިދީދީގެ ހަނދާނުގައި ބޭއްވި ޤުރުއާން ކިޔެވުމުގެ 3 ވަނަ މުބާރާތުގެ ފުރަތަމަ ބުރު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ހޯލްގައި ބާއްވާފިއެވެ. މިމުބާރާތް ކުރިއަށް ގޮސްފައިވަނީ މިޖުލައި މަހު 11 އިން 13 އަށެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ޒިކުރާ ކޮލެޖު އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިގޮތުން މިއަހަރު މި މުބާރާތުގައި 7 އުމުރުފުރާ އެއް އަދި ޚާއްސަ ކުދިންގެ ގޮތުގައި ޖުމްލަ 220 ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ އުމުރުފުރާތަކަކީ 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް، 19 އަހަރުންމަތި، ޚާއްސަ ގޮފި އަދި ޚާއްސަ ދަރިވަރުންގެ ގޮފީގައި ބަލައިގެން އަދި ނުބަލައި ކިޔެވުމެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްއުސްތާޛު އަޙްމަދު އަކްރަމާއި އަލްޤާރީ އަޙްމަދު ރިޔާޟާއި އަލްޤާރިޔާ އަޒްލީނާ އިބްރާހީމެވެ. މިމުބާރާތުގައި 7 ސްކޫލާއި 3 ޤުރުއާން ކުލާހަކުންނާއި އަމިއްލަގޮތުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ދަރިވަރުންގެ ޤުރުއާން ކިޔެވުމުގެ އިތުރަށް، ތަޖުވީދާއި ގުޅޭ ކުއިޒް ސުވާލްތައްވެސް ކުރެވުނެވެ.

މިމުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ ދަރިވަރުންގެ ޤުރުއާން ކިޔެވުމާއި، ތަޖުވީދު ސުވާލުތަކުން ލިބޭ މާރކްސް ގެ އިތުރުން ދަރިވަރުންނަށް ބޭއްވުނު ތަމްރީނު މަސައްކަތު ބައްދަލުވުމުން ލިބުނު މާރކްސް ތަކަށް ބަލައިގެނެވެ. މިގޮތުން 7 އަހަރުން ދަށުގެ ޢުމުރުފުރާގެ ކުދިން ފިޔަވައި 59.5 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބުނު ހުރިހާ ބައިވެރިން ދެވަނަ ބުރަށް ހޮވޭނެއެވެ. ދެވަނަ ބުރުގައި ވާދަކުރެވޭނީ ޢުމުރުފުރާތަކުގެ ބަދަލުގައި ގުރޫޕުތަކުގެ މެދުގައެވެ. މިގޮތުން ވާދަކުރެވޭ ގުރޫޕުތަކަކީ، ސީނިއަރ ގްރޫޕާއި ،ޖޫނިއަރ ގްރޫޕާއި ޕްރީ ޖޫނިއަރ ގްރޫޕާއި ޚާއްސަ ގްރޫޕެވެ. ޚާއްސަ ގްރޫޕަކީ ކުރީ އަހަރުތަކުގައި ޒިކުރާ ސްކޫލުން ބޭއްވި ޤުރުއާން މުބާރާތްތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !