A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ އާބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނެއް ހަދަނީ

މިއަދު ސިޓީ ކައުންސިލްގައި އާއްބަން ޑިވެލޮޕްމެންޓް ޕްލޭނަށް ޚިޔާލު ހޯދުމަށް ބޭއްވުނު ބައްދަލުވުން

ފުވައްމުލައް ސިޓީގައި އާބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނެއް ހަދަން ރައްޔިތުންގެ ޚިޔާލު ހޯދަން ފަށައިފިއެވެ. އާބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން ހަދާއިރު މިހާރު އޮތް ލޭންޑް ޔޫޒް ޕްލޭން ރިވައިޒް ކުރުމައްޓަކައި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ސިޓީ ކައުނސިލުން ވަނީ ފަށާފައެވެ.

އެގޮތުން މިއަދާއި މިރޭ ވެސް ވަނީ އެކި ދާއިރާތަކުގެ މީހުންނާއި އަދި މުޅި ރައްޔިތުންނަށް ހުޅުވާލައިގެން ބައްދައްލުވުންތަކެއް ބޭއްވުމަށް ތާވަލު ކޮށްފައެވެ.

މިއަދު ހެނދުނު 10:00 ގައި ވަނީ ތިމާވެއްޓާއި ގުޅޭ ދާއިރާތަކުގެ މީހުނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މެދުރުފަހު 2:00 ގައި ފަތުރުވެރިކަމާއި ގުޅޭ ދާއިރާގެ މީހުންނާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކުރެވިފައިވެއެވެ. އަދި މިރޭ 8:30 ގައި ބާއްވާ ބައްދަލުވުމަކީ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުންތަކުގައި ސިޓީ ކައުންސިލުން ކަނޑަޅުއްވާފައިވާ ކޮންސަލްޓެންޓު ބައިވެރިވެއެވެ.

މިއަދުގެ ބައްދަލުވުމުގެ ބައިވެރިން

ފުވައްމުލައް ސިޓީގެ ތަރައްގީގެ ތަސައްވުރެެއް ހެދުމަށް އެހީތެރިވާން ބޭނުންވާ ކޮންމެ ފަރާތްތަކަށް ވެސް މިރޭގެ ބައްދަލުވުން ހުޅުވިފައިވާ ކަމަށް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވެއެވެ.

މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ވަރަށް މަދު ބައެއްކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ސިޓީ ކައުންސިލުގެ ކަންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން މިދުވަސްވަރު ވަރަށް ގިނައެވެ. ހަގީގަތަށް ބަލާއިރު ފެންނަން މިއޮތީ ކަމަކަށް ގޮވާލައި ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން މިފެންނަނީ 10 ވަރަކަށް މީހުންނެވެ.

މިފަދަ ބައްދަލުވުންތަކުގައި މީހުން މަދުވަނީ ކޮންސަބަބަކާ ހުރެތޯ ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ސުވާލު އުފައްދައެވެ. އެއީ ކުއްލި ކުއްލިއަށް ބައްދަލުވުން ރާވާތީ ކަމަށާއި ދުރާލާ ޝެޑިއުލް ކުރެވިގެން މިފަދަ ބައްދަލުވުންތައް ބޭއްވޭ ކމަުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެވޭނަމަ މިއަށްވުރެ ގިނަ މީހުން ބައްދަލުވުންތަކުން ފެންނާނެ ކަމަށް އެފަދަ ފަރާތްކުން ބުނެއެވެ.

ހާޒިރުވެ މައުލާުމާތު ނުދެވޭ ފަރާތތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ލިޔުމުންނާއ، އީމެއިލް ނުވަތަ އޮންލައިންކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައި ކަމާއި ގުޅޭގޮތުން މިހާރު ހުރި މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް، ޚިޔާލަށް ވަގުތު ދިނުމަކީ ވެސް އިތުރު ބައެއްގެ ވިސްނުން ހޯދުމަށް ކުރެވިދާނެ ކަމެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އާބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނެއް ހަދަން “ސީޑީއީ ކޮންސަލްޓިން” އާއިއެކު އެއްވަސްވުމެއްގައި ސޮއިކޮށްފައިއެވެ.

އާރބަން ޑިވެލޮޕްމެންޓް ޕްލޭންގެ މަޝްވަރާތައް މިއަދާއި މިރޭ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !