A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ތިންފަށް ވިޔަ ނުދިނުމަށް ކުރީގެ ރައީސް ޔާމީނު އެދިއްޖެ

ކުރީގެ ރައީސް ޔާމީނު ޕީޕީއެމް ރެލީގައި ޖޯޝާއެކު ވާހަކަ ދައްކަވަނީ

ދާދި ފަހުން މާލޭގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީނު އަބްދުލް ގައްޔޫމު ވިދާޅުވީ ކައުންސިލް އިންތިޚާބާއި ހަމައިން  ޕީޕީއެމް މިއަންނަނީ “ތިންފަށް ވާން” ކަމަށެވެ. އެ ގޯސް ރައްޔިތުން ނެހެދުމަށް ޔާމީނު އެދިވަޑައިގަތެވެ. މިއީ ކުރިޔަށް އޮތް އިންތިޚާބު ތަކުގައި ރައްޔިތުން ވިސްނަން ވީކަމެއް ކަމަށެވެ.

ޕީޕީއެމް ތިންފަށް ވަނީ ކަމަށް ރައީސް ޔާމީނު އިޝާރާތް ކުރައްވަނީ ފާއިތުވި ރިޔާސީ އިންތިޚާބާއި މަޖުލިސް އިންތިޚާބުގައި ބަލިވެ ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ އެއީ ތިންފަށް ވުން ކަމަށް ނިސްބަތްކޮށެވެ. އެހެން ގޮތަކުން ބުނަނާނަ ޖެހިޖެހިގެން  3 އިންތިޚާބުން ބަލިވެއްޖެ ނަމަ ޕީޕީއެމާއި މީހުން ދުރަށް ހިނގައިދާނެ ކަމަށް ދޭހަވާ އިބާރާތަކުންނެވެ.

“ދެން ތިންފަށްވީމަކާ އެއްވެސް އަންހެނަކު އެފިރިހެން މީހާއަކާ ނިއިންނާނެ، ކޮންމެވެސް ހުރަހެއް އަންނަނަ ޖެހޭނެ. އެހެންވީމަ އެގޮތަށް ވިސްނަވާ. ތިންފަށްވާން މިއުޅެނީ، ކައުންސިލް އިންތިޚާބާއި ހަމައިން. މިގޯސް ނަހަދާ. ކައުންސިލް އިންތިޚާބާއި ހަމައިން” ޔާމީނު ވިދާޅުވިއެވެ. މިހާތަނަށް ދެފަހަރު ބަލިވެއްޖެ ކަމަށެވެ. ދެން މިގޯސް ނެހެއްދެވުމަށް އެދިވަޑައިގަތެވެ.

ރައީސް އިބުރާހިމް މުހަމައްދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން  ވިދާޅުވީ ހުރިހާ ތަނެއް ޖަޒީރާވެ ނިމިއްޖެ ކަމަށާއި އަދި ހުރިހާ ކަމެއް ސިޔާސީވެ ނިމިއްޖެ ކަމާށާއި  އެކަމަކު މިއިން އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުނަށް ނުލިބޭ ކަމަށެވެ.

މި ސަރުކާރަކީ އަނިޔާވެރި ބައެއް ކަމަށާއި ރައްޔިތުންގެ ހުރިހާ ހައްގުތަކަކުން ރައްޔިތުން މަހުރޫމު ވެއްޖެ ކަމަށް ވިދާޅުވިއެވެ. 32 ބިލިޔަން ރުފިޔާގެ ބަޖެޓާކާކު މިސާރުކާރުން މިއުޅޭނީ މުސާރަ ނުދެވިގެން ކަމަށާއި އެއްވެސް މަޝްރޫއެއް ނުފެށިގެން ކަމަށެވެ. މުސާރަ ދޭނެ ލާރިކޮޅެއް ވެސް ހޯދަނީ ބޮޑުއަގުއި އަވަށްޓެރި ގައުމަކަށް ޓީބިލް ވިއްކައިގެން ކަމަށެވެ. އެކަމަކު އެއްބޭފުޅެއްގެ ބޭރުގެ ދަތުރާހެދި ބޭރުގެ އެހީ އޮބިނޯންނަ ވަރަށް ލިބެމުން އަންނަކަމަށް މަޖާޒީގޮތުން ބުންޏެވެ.

މި ބޭފުޅުނަކަށް ހިސާބު ދިމައެއް ނުކުރެވޭ ކަމަށާއި ހިސާބު ޖަހާކަށް ނޭގޭ ކަމަށާއި ވަންނަ ފާއިސާއަށް ވާގޮތެއް ނޭނގޭކަމަށާއި، ފައިސާ ނުކުންނަ ގޮތެއް ވެސް ނޭނގޭ ކަމަށެވެ. މިވަރުން ގައުމެއް ނުހިންގޭނެ ކަމަށެވެ

މިސަރުކާރުގެ ވަޒީފާތައް ހުރީ މުޅިންވެސް ޅިޔަން ފަހަރިންނަށް ދީފައިކަމަށާއި ގޭގެ ބަދިގޭގައި ގެންގުޅުނު މީހުންވެސް ޑެޕިއުޓީ މިނިސްންޓަރުން ފެންވަރަށް ގެނެސްފި ކަަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ ރައްޔިތުން އެދޭ ދުވެލި ހަރު 5 އަހަރެއް ނިމިގެން ހިނގައްޖެ ކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ޕީޕީއެމް ވެރިކަން ނިމެގެން ދިޔައިރު ރާއްޖޭގެ މީހެއްގެ ބޮލަކަށް 12 ހާސް ރުފިޔާ ޖެހޭނެ ކަމަށެވެ. އިގުތިސޯދު އޭރު ހުރި %6 ގްރޮތުގައި ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޝަމީމް

    2017 ކައުންސިލް ވީފެއިލް 2018 ރިޔާސީ އިންތިހާބުން ވީފެއިލް 2019 މަޖިލިސް އިންތިހާބުން ވީފެއިލް ޖެހިޖެހިގެން 3 އިންތިހާބު ނުވޭތޯ؟ ކުރީގެ ރައީސް ޔާމީން ވެސް ހިސާބު ޖަހަން ދަސްކުރީ އަދުރޭގެ އަދުރަމެޓިކުސް އިންތޯ؟