A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައ ސިޓީ ޒުވާނުންގެ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެމްޕީގެ ގާތުން އެދިއްޖެ

ފުވައްމުލަކު ޔޫތު ސެންޓަރުގެ ޖިމް މިހާރު ގިނަ ބަޔަކު ބޭނުންކުރޭ

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒުގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކޮށްދިނުމަށް މެދު ދާއިރާގެ އެމްޕީ ހުސޭން މުހައްމަދުގެ ގާތުން އެދިއްޖެއެވެ. ރައްޔިތުންގެ މަންދޫބު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައި އާއްމުކޮށް ހުލުވާލައިގެން ކުރިޔަށް ދިޔަ ބައްދަލުވުމުގައި ފުވައްމުލަކު ޒުވާނަކު ވަނީ އެމްޕީ ހުސޭން ގާތުން މިކަމުގައި އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް އެދިފައެވެ.

އޭނާ ހާމަކުރިގޮތުގައި ފުވައްމުލަކު ޔޫތު ސެންޓަރުގެ ޖިމް މިހާރު ވެސް ގިނައަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް ބޭނުން ހިފަމުންއާދެއެވެ. އެގޮތުން ދުވާލަކު 100 އެއްހާ މީހުން މިހާރުވެސް ޖިމް ބޭނުންކުރާ ކަމަށެވެ. ޒުވާނުންގެ މަރުކަޒުގައި ކާމިޔާބުކަމާއެކު މިހާރު ކުރިޔަށް ގެންދެވޭ ހަރަކާތަކީ ޖިމް އެކަންޏޭ ވެސް ބުނެވިދާނެ ކަމަށެވެ.

ނަމަވެސް އެހެން ކުޅިވަރުތަކުގެ ފޯރި ގެއްލިފައި ވަނީ ތަނގެ ހާލަތާހެދި ކަމަށެވެ. އެގޮތުން ބިލިއާޑް ބޯޑުތައް ބޭނުން ކުރެވުނު ނަމަވެސް ހިރަފުހުގެ އުނދަގޫ ބޮޑު ކަމަށެވެ. ޓީޓީ މޭޒާއި ކެރަމް އަދި ޑާރޓް ކުޅެވޭ ގޮތަށް ހުރި ނަމަވެސް ތަނުގެ ހޫނު ގަދަކަމުން ޒުވާނުންގެ ޝަކުވާ ބޮޑުކަމަށް އޭނާ ހާމަކުރިއެވެ.

ރާއްޖޭގެ އެހެން ސިޓީތަކުގައި ހުރި ޒުވާނުންގެ މަރުކަޒާއި ފުވައްމުލައް ސިޓީގައި ހުރި ޒުވާނުންގެ މަރުކަޒުގެ ފެންވަރު އަދި ޚިދުމަތްތައް މާބޮޑު ތަނުން ދަށްކަން އޭނާ ފާހަގަ ކުރިއެވެ. އެގޮތުން އެހެން ތަންތަން ހުރީ އޭސީ ކުރެވިފައި ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުން ތިބޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުވައްމުލަކު ޒުވާނުންގެ މަރުކަޒު ބެލެހެއްޓުމަށާއި ކަންކަން ކުރުމުގައި އުޅޭތަން ފެންނަނީ 1 ނުވަތަ 2 މީހުން ކަމަށެވެ.

ފުވައްމުލައި ސިޓީގެ ޒުވާނުންގެ ފަރާތުން އޭނާ އެދުނީ ޔޫތު މިނިސްޓރީއާއި ވާހަކަ ދައްކައިގެން ޒުވާނުންގެ މަރުކަޒުގެ ކުޅޭ ހޯލު އޭސީ ކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށް ދިނުމަށެވެ. މިކަންކަން އަވަސް މުއްދަތެއްގައި ކުރެވިއްޖެނަމަ ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒަށް ދިރުން ލިބި ޒުވާނުން ހިތްޖެހޭ ތަނަކަށް އެތަން ވެގެންދާނެ ކަމަށެވެ.

އަދި އައުޓްޑޯރ ކުޅިވަރުތަކުގެ ގޮތުގައި ވޮލީ އާއި ނެޓްބޯޅަ އަދި ފުޓުބޯޅަ ކުރިޔަށް ގެންދެވެން އޮތީ ލައިޓް ހަރުކުރެވިގެން ކަމަށް މައުލޫމާތު ލިބެއެވެ. ކުރިން ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި ރޭގނަޑު ވޮލީ އާއި ނެޓްބޯޅަ އަދި ބާސްކެޓް ބޯޅަ ވެސް ލައިޓް ދިއްލައިގެން ރޭގަނޑު ކުޅެފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !