A wide advertisement which will be shown on all devices. (700 x 100)

ޓީޗަރސް ކޮންފަރެންސް ގައި ފުވައްމުލައް ސިޓީއިން ގިނަ ބަޔަކު ބައިވެރިވި

އިންޓަރނޭޝަނަލް ޓީޗަސް ކޮންފަރެންސް، ނާއިބުރައީސް ފައިސަލް ނަސީމު، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ އަދި ކޮންފެރެންސްގެ ޗީފް ކޯޑިނޭޝަރ ޝުހުދާ ރިޒުވާން (މެދުގައި)

ފާއިތުވި ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ނިމިގެންދިޔަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ފުވައްމުލައް ސިޓީގެ ގިނަ ފަރާތުން ބައިވެރިވެފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ 3 ސްކޫލު ކަމުގައިވާ އެމްްޖޭއެސް އާއި އެފްއެސް ގެއިތުރުން ހޭޒްގެ ޓީޗަރުންގެ 30 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައި ވެއެވެ.

ޓީޗަރސް ކޮންފަރެންސް 2019 ގެ ފުވައްމުލަކުގެ ބައެއް ބައިވެރިން ހުޅުވުމުގެ ރަސްމިއްޔާތުގައި

އެއިގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ އިލްމީ ބޭފުޅުންތަކެއް ވެސް މި ކޮންފަރެންސްގައި ބައިރިވެ ޕޭޕަރުތައް ހުށަހަޅާފައިވެއެވެ. އެގޮތުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދާއި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރުއާއި ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މުހައްމަދު ޝިހާބުއާއި ޒިކުރާ ކޮލެޖުގެ އާއިޝަތު ވަދީފާއާއި ޏ.ޓީއާރސީ ހެޑް އަލީ ޖަވާދު އާއި އެމްޖޭއެސްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޓީޗަރސް ކޮންފަރެންސް 2019 ގެ ފުވައްމުލަކުގެ ބައެއް ބައިވެރިން އަދި ކޮންފަރެންސް ޗެއަރ ޑރ. އަބްދުﷲ ރަޝީދު

ނެޝެނަލް އިންސްޓިޓިއުޓް އެފް އެޑިއުކޭޝަނާއި އައްޑޫ ސިޓީ ގުޅިގެން ބޭއްވި މިކޮންފަރެންސް ގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމީ ފަރާތްކުން ޕޭޕަރުތައް ހުށަހަޅައި އެއަށް މަޝަވަރާ ކޮށްފައި ވެއެވެ.

މިކޮންފަރެންސް ބޭއްވުނީ މި ސެޕްޓެމްބަރު 4-5އަށް އައްޑޫ ސިޓީ ހިތަދޫގެ ޝަރަފުއްދީން ސްކޫލުގައެވެ. މިއީ އެންއައިއީން ބޭއްވި 5 ވަނަ ޓޗަރސް ކޮންފަރެންސެވެ.

ޓީޗަރސް ކޮންފަރެންސް ނިންމުމުގެ ހަފުލާ: ގާލާ ނައިޓް ހޭޒްގެ ޓީޗަރުން މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅައިދިން

މި ކޮންފަރެންސްގައި ފުވައްމުލަކުން ހުށަހަޅައިދީފައިވާ ޕޭޕަރުތަކަކީ:

  1. އިމްޕްލިމެންޓިން ސްކޫލް ބްރެކްފާސްޓް ޕޮލިސީ: އަ ކޭސް ސްޓަޑީ އިން އަ މޯލްޑިވިއަން ސްކޫލް – މިޕޭޕަރު ހުށަހަޅާ ދީފައި ވަނީ އެފްއެސްގެ ދެ ޓީޗަރުން ކަމަށްވާ ފާތިމަތު ހިއްމަތު އާއި ޝުއައިބަތު އަލީ އެވެ.
  2. އިމްޕްރޫވިން މެތު ޕާރފޯމަންސް: އަ ކޭސް ސްޓަޑީ އޮފް މޯލްޑިވިއަން ސެކަންޑަރީ ސްކޫލް. މިޕޭޕަރު ހުށަހަޅާ ދީފައި ވަނީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މުހައްމަދު ޝިހާބު އެވެ.
  3. ދަ ޓީޗަރ -ޓޫލް ރިލޭޝަންޝިޕް އޮފް މޯލްޑިވިއަން އީއެސްއެލް ޓީޗަރސް: އަ ކޮލިޓޭޓީވް މަލްޓިޕްލް ކޭސް ސްޓަޑީ. މިޕޭޕަރު ހުށަހަޅާދީފައި ވަނީ ޒިކުރާ ކޮލެޖްގެ އާއިޝަތު ވަދީފާއާއި ޑރ.ޓީ މެން ޔެވް އެވެ.
  4. އިފެކްޓިވްނެސް އޮފް މެންޓަރިން ޓްވާރޑްސް މޮޑިފިކޭޝަން އޮފް ސްޓޫޑެންޓް ބިހޭވިއަރ. ޒިކުރާ ކޮލެޖުގެ އަސްލަމު ރަޝީދު ގެ މިކަރުދާސް ކޮންފަރެންސަށް ހުށަހެޅުމަށް ހޮވިފައިވިޔަސް ހުށަހަޅާފައެއް ނުވެއެވެ.
  5. އަ ކޭސް ސްޓަޑީ އޮން ހައު އިންސްޓަރަކްޝަން އިމްޕްރޫވްޑް އަންޑަރ ދަ ސުޕަރވިޝަން އޮފް ވަން ލީޑިން ޓީޗަރ. އެމްޖޭއެސްގެ އާމިނަތު އާނިސާއާއި އިކްރާމް ސައީދު ހުށަހަޅައިދިން މިޕޭޕަރުގައި އެދެ ޓީޗަރުންގެ އިތުުރުން ފާތިމަތު ނިހާ، މަރިޔަމް ޝާނީޒް އަހުމަދު، ފާތިމަތު ޝިޒްނާ، އާމިނަތު ހަސަން ދީދީ އަދި އާއިޝަތު ޝަރަން ޒާހިރު މިޕޭޕަރު އެކުލަވާލުމުގައި ބައިވެރިވެފައިވެއެވެ.
  6. ފެކްޓަރސް ދަޓް ލެޑް ޓު ގާރލްސް އެކަޑެމިކަލީ އައުޓްޕާރފޯމް ބޯއިސް. މި ޕޭޕަރު ހުށަހަޅާ ދީފައި ވަނީ ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އަމީލާއާއި ޝިޔާމާ އަބްދުﷲގެ އިތުރުން ޓީއާރުސީ ހެޑް އަލީ ޖަވާދު އެވެ.
  7. ދަ ސްޓޫޑެންޓްސް އެންޑް ޕޭރެންޓްސް ޕާރސެޕްޝަން އޮފް ޓްރާންސިޝަން ފްރޮމް ޕްރައިމަރީ ޓު ސެކަންޑަރީ ސްކޫލް އިން ފުވައްމުލައް ސިޓީ: އަ ކޭސް ސްޓަޑީ. މި ޕޭޕަރު ހުށަހަޅާ ދީފައި ވަނީ އެމްޖޭއެސްގެ އާރިފާ އަބްދުލް މަޖީދު، އަސްމާ މުހައްމަދު، އާއިޝަތު ޝަމީމު އަދި ނާހިދާ އަހުމަދު އެވެ.

މި ކޮންފަރެންސަށް ހުށަހެޅޭ ޕޭޕަރުތަކުގެ ތެރެއިން ހޮވާލެވޭ ޕޭޕަރުތަކެއް ޖާނަލްގެ ގޮތުގައި ނެރުމަށް ވަނީ ހަމަޖެހިަފއެވެ. އެގޮތުން 2017 ވަނަ އަހަރުގައި ބޭއްވުނު 4 ވަނަ ޓީޗަރސް ކޮންފަރެންސުން ހޮވާލެވުނު ޕޭޕަރުތައް މިހާރު ވަނީ ޝާއިއުކޮށް ނެރެފައެވެ. މި ޕޭޕަރުތަކުގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމަށްވާ މުހައްމަދު ޝިހާބު ހުށަހަޅާފައިވާ އައިސީޓީ އިންޓެގްރޭޝަން އިން ޓީޗިންގެ ޕޭޕަރެއް ވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !