އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ފުވައްމުލައް ސިޓީ ކެމްޕަސް ފުޅާކޮށް ކޯސްތަށް އިތުރުކުރުމަށް ފުވައްމުލައ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވާރާ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ ކޮތަރީގައެވެ.
މި މަޝްވާރާ ބައްދަލުވުމުގައި އިސްލާމިކް ޔުންވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސޭން އާއި ޑެޕިއުޓީ ވައިސްޗާންސެލާ މާހިދު ޝަރީފު އާއި ހިއުމަން ރިސޯސް ޑިރެކްޓަރ ޢަލީ ރަޒީން ބައިވެރިވެފައި ވެއެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔާރު އިސްމާއީލު ރަފީގު އާއި ސިޓީ ކައުންސިލް ބައެއް މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޓީމުން ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރަނީ 2022
މިއީ އިސްލާމިކް ޔުނިވާސިޓީގެ ފުވައްމުލައް ކެމްޕަހުގެ ހާލަތު ދެނެގަތުމަށާއި ކެމްޕަސް ހިންގުމަށް ކުރިމަތިވަމުން އަންނަ ދަތިތަކާއިމެދު މަޝްވަރާކޮށް އެކަންކަމަށް ހައްލުހޯދުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެފިފައިވާ ކަމަށް މިބައްދަލުވުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އިތުރަށް ހާމަކުރައްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކޮލް އައުޓް ރީޗް ސެންޓަރެއް ފުވައްމުލަކުގައި ހުޅުވީ 2014 ގައި

ކުރިން އުލާ ޕްރީސްކޫލް ހުރި ބިން- އެމްއެންޔޫ އައިސީޓީ ފެކަލްޓީ އަޅާ ބިން
ޚިޔާލުތައް