6 އޭޕްރީލް 2020 ( ހޯމަ )

banner

މިއަދުގެ ކްރިކެޓް ހަރަކާތް: ކްރީއޯ ކާނިވަލް 2019 ސެޕްޓެމްބަރ 27

ކްރިއޯ ޖޫނިއަރ ކާނިވަލް މިއަދު ކުރިޔަށް ގެންގޮސްފި

ކްރިއޯ ޖޫނިއަރ ކާނިވަލްގެ ނަމުގައި ކްރިކެޓްގެ އެކި ހުނަރުތަކާއި އުކުޅުތައް ކުޑަކުދިން ފަރިތަކުރާ ފެސްޓިވަލެއް ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމްގައި މިއަދު، (27 ސެޕްޓެެމްބަރ 2019) ހެނދުނު ކުރިޔަށް ގެންގޮސްފިއެވެ.

މިއަދުގެ ކްރިކެޓް ފެސްޓިވަލްގައި ބައިވެރިވެފައި ވަނީ ބިލަބޮންސްކޫލް އާއި ކެންގަރޫ ކިޑްސް-ފުވައްމުލައް އާއި ހާފިޒު އަހުމަދު ސްކޫލް އެމްޖޭއެސް އާއި އެފްއެސް އެވެ.

މިއަދުގެކްރީއޯ ކާނިވަލް ކްރިކެޓް ހަރަކާތަށް ކުދިންނާއި ބެލެނިވެރިން ޖަމާވެފައި 2019 ސެޕްޓެމްބަރ 27

ކްރިކެޓް ފުވައްމުލައް އިން މައުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ފެސްޓިވަލްގައި 200 އެއްހާ ކުދިން ބައިވެރިވިއެވެ. މިއަދު ހެނދުނު 7-9 އަށް ކުރިޔަށް ގެނދެވުނު މިހަރަކާތުގައި ދަރިވަރުންނާއެކު ބެލެނިވެރިންވެސް ބައިވެރިވެ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވެއެވެ.

މިއަދުގެ ފެސްޓިވަލް ގައި ކުރިޔަށް ގެންދެވުނު ހަރކާތްތަކުގެ ތެރޭގައި ،ޑައިވިން ކެޗް، ލޯންގް ތްރޯ، ޓާރގެޓް ބޯލިން އާއި ބިގް-ސިކްސް ހިމެނެއެވެ.

މިހަރަކާތުގެ އިތުރު ބުރެއް ވަރަށް އަވަހަށް ހޭޒް އާއިއެމްޖޭއެސް، އެފްއެސް އަދި އައިޑިއަލް ސްކޫލަށް އަމާޒުކުރެވިގެން ބޭއްވޭނެ ކަމަށް ކްރިކެޓް ފުވައްމުލައް އިން ހާމަކުރެއެވެ.

ކިވީ-ކްރިކެޓް ހަރަކާތުގެ ތެރެއިން -25 ސެޕްޓެމްބަރ 2019

މި ސެޕްޓެމްބަރު މަހު 25 ގައި ވެސް ކްރިކެޓް ފުވައްމުލައް އިން ވަނީ އެމީހުންގެ ޝެޑިއުލް ޕްރެކްޓިސް ގައި އިމެނޭ ރިލޭއާއި ކިވި-ކްރިކެޓްގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. ހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަށް ތާވަލް ކުރެވިފައިވަ މިހަރަކާތް އަމާޒުކުރެވިފައި ވަނީ ޏ.އޭއީސީގެ ދަރިަވރުންނަށެވެ.

ކިވީ-ކްރިކެޓް ހަރަކާތުގެ ތެރެއިން – 25 ސެޕްޓެމްބަރ 2019



ކިޔުންތެރިންގެ ޚިޔާލު