A wide advertisement which will be shown on all devices. (700 x 100)

ހައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ދިނުން މިރޭ ކުރުދުމާ މާލަމުގައި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ފުވައްމުލަކު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޒުވާން އުމުރުގައި ތައްޔާރުވުމުގެ މުހިންމުކަމާއި ހައްޖާއި އުމްރާގެ އަޅުކަމުގެ މުހިންމު ކަމާއި ގުޅޭ މައުލޫމާތު ދިނުން އޮންނާނެކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ. މިރޭގެ ބައްދަލުވުން ފެށޭނީ 8.30 ގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގެ ބޭނުމަކީ ޙައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު މި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުމެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !