A wide advertisement which will be shown on all devices. (700 x 100)

ބަންޑާރަ ކިޅި ސާފުކޮށް ހަޓް މަރާމާތުކުރަނީ

ބަންޑާރަ ކިލޫގެ ހަޓް މަރާމާތުކުރަނީ

ފުވައްމުލަކު ބަންޑަރަ ކިޅީގައި ވާ ލޮޓަސް ގަސްތައް ނަގައި ސާފުކުރުމަށްފަހު ކުޅީގެ ހަޓް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުނުކުރެވި ހުރުމުގެ ސަބަބުން ވީރާނާވެ ބޭނުން ނުކުރެވި ހުރި ބަންޑާރަ ކިލީގެ ހަޓް މަރާމާތުކޯށް ރަންގަޅު ފެނަވަރަކަށް ހަދާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލަކު ބަންޑާރަ ކިޅީގައި މީހުންވަށް ވަދެ ބަލޭލެވޭ ގޮތަށް ފުރަތަމަ ހަޓެއް ހަދާފައިވަނީ 2003 ވަނަ އަހަުރު ފުވައްމުުލަކުގެ ބަނދަރު ހުޅުވުމާ އިދިމާކޮށެވެ. އެފަހަރުގެ ހަޓް ހުރީ ސަތަރިޖަހާފައި ހަމައެކަނި ކުޅި ބަލާލަން ވަންނަ ތަނެއްގޮތުގައި ކުޑަ ފަންގިފިލާ (ޑެކް) އަކާއެކު ޗެންޗޭނު ޖަހާފައެވެ. އަދި ހަޓަށް ދިއުމަށް ލަކުޑިން ފާލަމަކާއެކު ހަދާފައިވެއެވެ.

އެހަޓް ހަލާކުވެ ވީރާނާވެގެން ދިއުމަށްފަހު އެއިގެ ފަހުން އެތަން ތަރައްގީކުރީ ރެސްޓޯރަންޓަކާއެކު ކުޅިބަލާލެވޭ ގޮތަށެވެ. އަދި ދުވަސްގަނޑެއް ވަންދެން އެތަނުގައި ރެސްޓޯރެންޓެއް ހިގާފައިވެސް ވެއެވެ. އެފަހަރުގެ ރެސްޓޯރެންޓ ްކުއްޔަށް ހިފިމޫހުންގެ މުއްދަތު ހަމަވެގެން އަލުން އިއުލާން ކުރުމުން ތަން ލިބުނީ އެހެން ބަޔަކަށެވެ. ނަމަވެސް އެމީހުން އެތަން މަރާމާތުކޮށްގެން ބޭނުން ކުރަން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުމަށްފަހު ވަނީ ހުއްޓާލާފައެވެ. އެއާއެކު އެތަން އަލާނުލެވި ގިނަ ދުވަސްތަކެއް ވެގެން ދިޔައީއެވެ.

ކިޅީ ފާލަންތަކުގައި ބޭނުން ކުރަނީ އެންމެ ރަނގަޅު ފިލާ ނޫންކަމަށް ބުނޭ

މިހާރު ކުޅީގައި ހަދާ ހަޓާއި ފާލަންތަކުގެ ޑެކް އަޅާނީ ކޮމްޕޮސިޓް ޑެކިން ފިލައިން ކަމަށާއި އެއީ އެތަނަށް އެންމެ އެކަށޭނަ ފިލައެއް ނޫން ކަމަށާއ، އެވައްތަރު ފިލާ ބޭނުންކުރަނީ ކިއްވެގެންތޯ ‘އިސިސް-ފުވައްމުލައް’ ސުވާލުކުރެއެވެ. އަދި އެވައްތަރު ފިލާ ގިނަ ދުވަހަށް ނުހުންނާނެ ކަމަށް ކަމަށްބުނެ ސޯޝަލް މީޑިއާގައި ‘އިސިސް-ފުވައްމުލައް’ ފާޑުކިޔާފައިވެއެވެ. އެތަނުގެ ފާލަމަށް ބޭނުން ކުރަން ރަނގަޅީ ސީސީއޭއެޗް5 ޓްރީޓެޑް ޕައިން ޓިމްބަރ ފިލާކަމަށް އޭނާ ބުނެއެވެ.

ކުޅީގައި އެންމެ ފުރަތަމަ ރެސްޓޯރެންޓް ހިންގި ފަރާތުން އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް ލޮޓަސްގަސް ބޭނުންކުރަން ފެށިއެވެ. ނަމަވެސް އެދުވަސްވަރު އެލޮޓަސް ގަސްތައް ކޮންޓްރޯލްކޮށް ބަލަހައްޓަމުން ގޮސްފައިވެއެވެ. އެމީހުން އެތަން ދޫކޮށް ދިއުމުން ލޮޓަސް ގަސްތައް ގިނަވެ ކުޅީގެ ބޮޑުބަޔަކަށް ފެތުރިގެންފައި ވެއެވެ.

ބަނޑާރަ ކިޅީގައި 2 ހަޓް ރެސްޓޯރަންޓް ގޮތުގައި ކުރިން ބޭނުންކުރި

އެންމެ ފަހުން ކުޅީގެ ކިސަޑުތައް މައްޗަށް ޖެހި، ކުޅި ހިކޭތަން ފެންނަން ފެށުމުން ރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ވަން-ފުވައްމުލައްއިން އިސްނަގައިގެން ލޮޓަސްތައް ކުޅިން ނަގައި ސާފުކުރުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އެންމެ ރަނގަޅަށް ކާމިޔާބުނުވެ އަލުން އަނެއްކާވެސް ލޮޓަސް ގަސްތަކުން ކުޅި ފުރާލަފާނެހެން ހީވިއެވެ.

އެއާއެކު އެކަމުގެ ކަންބޮޑުވުން ރަށުތެރެއިންނާއި ސޯޝަލް މީޑިއާއިގައި އާއްމުން ފާޅުކުރަން ފެށުމުން ސިޓީ ކައުސިލުން އެތައް ދުވަހެއްގެ މަތިން މަސައްކަތްކޮށް ކުޅި މިހާރު ވަނީ ލޮޓަސް އިން އެއްކޮށް ސާފުކޮށްފައެވެ.

ވަން-ފުވައްމުލައް އެންޖީއޯއިން އިސްނަގައިގެން ކުރިން ބަންޑާރަ ކިޅި ސާފުކުރި. ފޮޓޯ: ވަންފުވައްމުލައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !