A wide advertisement which will be shown on all devices. (700 x 100)

އޮޅުތެރެގޭ ޝަފީއު ގެއްލު މައްސަލައިގެ ތަހުގީގަށް އަނބިމީހާ ހާޒިރުކޮށްފި

ގެއްލުފައިވާ ޝަފީއުގެ ގެ މައްސަލާގެ ތުހުމަތަށް އަނބިމީހާ އާއި ސުވާލުކުރަނީ

މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު ޖުލައި މަހު 14 ވަނަ ދުވަހުގެ ރޭ ގެއްލުނު ފުވައްމުލައް ސިޓީ ދޫނޑިގަމު އޮޅުތެރެގޭ މުހައްމަދު ޝަފީޢު ގެއްލުނު މައްސަލއިގެ ތަހުގީގަށް އޭނާގެ އަނބިމީހާއާއި މަރު ކޮމިޝަނުން ސުވާލުކުރަން ފަށައިފިއެވެ.

މީޑީއާ ރިޕޯރޓްތައް ބުނާ ގޮތުގައި މިމައްސަލައިގެ އަނބިމީހާއަށް ތަހުމަތުތަކެއް ކުރެވިފައި މިވަނީ، ގެއްލިފައިވާ މީހުންނާއި ގޮތްނޭގޭ ގޮތަށް މަރުވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފެއްދި ކޮމިޝަނުން ފާއިތުވި ޖުލައިމަހު (2019 ޖުލައި) ތެރޭ ފުވައްމުލަކަށް ޒިޔާރަތްކޮށް ހިންގި ތަހުގީގަށް ފަހު އެވެ.

މިއީ މިމައްސަލާގައި ކުރިން އެއްގޮތަކަށް ވެސް ހީކުރެވިފައިވާ ގޮތެއް ނޫނެވެ. މައްސަލައިގެ ތުހުމަތުތައް އާއިލާއާއި ދިމާއަށް އެނބުރުމެވެ. ޝަފީއު ގެއްލިގެން ހޯދަމުން ދިޔަ ދުވަސްކޮޅު މިކަލް ނޫހަށް ދިން އެހިސާބުގެ މީހަކު ބުނެފައިވާ ގޮތުގައި ޝަފީއު އާއި އަންހެނުން ނަޝީދާއާއި އޭރު އުޅެނީ ައްސަލތަކެއް ޖެހިގެންނެވެ.

ކަމިޝަނުގެ އެ ދަތުރުގައި، އަނބިމީހާގެ އިތުރުން ވެސް އެ ހާދިސާއާ ގުޅިގެން އެކި މީހުންނާ ސުވާލު ކޮށްފައިވެއެވެ. އަދި އޭގެ ފަހުން ލިބުނު ކުރިއެރުންތަކާ ގުޅިގެން މަރު ކޮމިޝަނުން ނިންމީ ޝަފީއުގެ އަނބިމީހާ، އައިޝަތު ނަޝީދާ އެކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެގޮތުން އިއްޔެ އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.

ނަޝީދާގެ އާއިލާ މީހަކު “މިހާރު” އޮންލައިން އަށް މައުލޫމާތު ދީފައިވާ ގޮތުން ނަޝީދާއަށް ޗާޓެއް ދައްކާފައި ސުވާލު ކުރިކަމަށް ވަނީ އެ ޗާޓުން ފެންނަ ތަނުން ޝަފީއު ވަޅުލާފައި އޮތީ ކޮން ތަނެއްގައި ތޯ ކަމަށެވެ.

މިއަދުވެސް ނަޝީދާ ތަހުގީގަށް ހާޒިރުކުރާ އިރު ނަޝީދާގެ އާއިލާއިން ތުހުމަތު ކުރަނީ ވަކީލަކާއި ނުލައި ސުވާލު ކުރަމުންދާތީ އެއީ ނަޝިދާ ރަހީނުކުރުން ކަމަށެވެ.

ނަޝީދާ މިއަދު މިހާރު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ޝަފީޢު ވީތަނަކާއި ގުޅޭ ގޮތުން ފުލުހުން ސުވާލުތަކެއް ކުރި ކަމަށާއި ނަމަވެސް ޝަފީއު ވީގޮތެއް އޭނާއަށް ނޭގޭ ކަމަށެވެ. އެންމެފަހުން ބައްދަލުވީ ޝަފީޢު ގެއްލުނު ރޭ ކަމަށެވެ.

“އެއީ، އަޅުގަނޑުމެން މާލެއިން [ފުވައްމުލަކަށް] ދިޔަ ރޭ. ދަރިފުޅުގެ ޓޮޕް ޓެން ކޭކު ފަޅާފައި، ކޮޓަރި އަށް ވަދެފައި ބުނީ ތިމަންނަ އެބަ އަންނަމޭ. އަޅުގަނޑު ހީކުރީ ޖޯލީގައި އިން ކަމަށް. އެކަމަކު ނުކުތް އިރަކު ނެތް،” ނަޝީދާ މިހާރު ނޫހަށް ބުނެފައިވެއެވެ.

ނަޝިދާއާއި ޝަފީޢު އެންމެ ފަހުން މާލެ އިން ބައްދަލުވީ، ނަޝީދާގެ އެހެން މީހެއްގެ ދަރިފުޅު ބައިވެރިވި ގައުމީ ޓޮޕް ޓެން ޖަލްސާއިންނެވެ. ޓޮޕްޓެންގައި ހިމެނުމުގެ ކާމިޔާބީ ފާހަގަކުރަން، ދަރިފުޅާއި ނަޝީދާގެ އިތުރުން ޝަފީއު ރިސޯޓަކަށް ވެސް ދިޔަކަމަށް ވެއެވެ.

އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޝަފީއު ފުވައްމުލަކަށް ގޮސްފައި ވަނީ ޓޮޕްޓެން ޖަލްސާގައި ބައިވެރިވުމަށްފަހު ކާމިޔާބީ ފާހަގަކުރުމަށް ރިޒޯޓަކަށް ގޮސްފައި އެއިގެ ފަހުން އާއިލާއާއިއެކު މޯލްޑިވިއަން ފުލައިޓުންނެވެ.

އޭނާ ގެއްލުނީ ރަށަށް އައި ރޭ ގާތްގަޑަކަށް 9:30 އެހާކަށް ހާއިރުކަމަށް އާއިލާއިން ކުރިން ބުނެފައިވެއެވެ. އޭނާ ބޭރަށް ދިޔައީ ވޮލެޓާއި ފޯނުވެސް ގޭގައި ބާއްވާފައި ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވަނީ އެރޭ 11:30 އެހާކަށް ހާއިރު އެވެ.

ޝަފީއުގެ ގާތް ރައްޓެސަކު މިކަލް ނޫހަށް އޭރު މައުލޫމާތު ދެމުން ބުނެފައި ވަނީ ޝަފީޢުގެ އަންހެނުންނާއި އެކު އަންހެނުންގެ ގޭގައި ހުރެފައި ބޭރަށް ދިޔައީ ތިމަންނަ މިދަނީއޭ ބުނެފައި ކަމަށެވެ. އެއގެ ފަހުން ޚަބަރެއް ނުވެއެވެ. ޝަފީއު ގެއްލުނު ފަހުން އާއިލާއިން ގަބޫލުކޮށްގެ ތިބީ ޝަފީޢު ގެއްލެން މެދުވެރިވެފައި ވަނީ ވަނީ ޑިޕްރެޝަންގެ މައްސަލެއެއް ކަމަށް ބެލެވޭކަމަށެވެ.

ޝަފީޢު ހޯދުމުގެ މަސައްކަތުގައި ގިނަބަޔަކު ހަރާކާތްތެރިވެފައިވޭ. 18 ޖުލައި 2017 ފުވައްމުލައް

އުމުރުން 42 އަހރުގެ ޝަފީޢު ގެއްލުނު ފަހުން އެއްވެސް ކަބަރެއް ނުވެއެވެ. ޝާފީޢު ހޯދުމަށް ފުވައްމުލަކު ރައްޔިތުންނާއި ފުލުހުންގުޅިގެން އެތައްދުވަހަކު މަސައްކަތް ކުރި ނަމަވެސް ފަނިފައެއް ނުވެއެވެ. ޝާފީޢު ހޯދައިދޭ ފަރާތްތަކަށް އާއިލާއިން އިންމުވެސް ހުށަހެޅިއެވެ. ޝަފީއު ގެއްލުނު އިރު އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މަރުކޮމިޝަނުން ބަލާ ފުވައްމުލަކުގެ ދެވަނަ މީހެއްގެ މައްސލައަކީ މާރާލާފައިވާ ކަމަށް ބެލެވޭ ނާޝިދު މޫސާގެ މަރުގެ މައްސަލައެވެ.  އެމަރަކީ ޑްރަގް ގޭންގާއި ގުޅުން އޮތް މައްސަލައެއް ކަމަށް ބެލެވެއެވެ. 2016 ވަނަ އަހަރުގެ މޭ މަހު 5 އައިޖީއެމްއެޗްގެ އާ އިމާރާތް އެޅުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް، އަނިޔާކޮށް އޭނާ އެއްލާލާފައި އޮތްްވާ ފެނިގެން އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ 2016 ވަނަ އަހަރު މޭ މަހު 5 ވަނަ ދުވަހުއެވެ. ނާޝިދު މޫސާ (ކައުޑޭ) ގެ އުމުރަކީ 30 އަހަރެވެ.

ނާޝިދު މޫސާގެ މައްސަލައިގެ ތަފުސީލެއް އަދި ހާމަކުރެވަފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !