A wide advertisement which will be shown on all devices. (700 x 100)

ބާރު ސްޕީޑްގައި ސައިކަލު ދުއްވި ޒުވާނަކު ތާރުމަގަށް ވެއްޓި ކޯމާއެއްގައި

ރޭގެ އެކްސިޑެންޓްގައި ކޯމާއެއްގައި އޮތީ ހޯދަޑު އަވަށު ސަނީސައިޑް ހަސަން ޒާހިރު، 26 އަހަރު.

ބާރު ސްޕީޑްގައި ތާރުމަގުން ސައިކަލު ދުއްވަމުން ދިޔަ ޒުވާނަކަށް ކޮންޓްރޯ ނުކުރެވި ގޮސް ސްޕީޑް ބްރޭކަރުގައި ޖެހިފައި ވެއްޓި އެޒުވާނާއަށް އަނިޔާވެ، ކޯމާއެއްގައި އޮތުމުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ސައިކަލުން ވެއްޓިފައި ވަނީ ހޯދަޑު އަވަށު ސަނީ ސައިޑ،ް ހަސަން ޒާހިރު، (26 އަހަރު) އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެއެވެ.  މިހާދިސާ ހިނގިއިރު ސައިކަލުގައި ހުރީ އޭނާ އެކަންޏެވެ.

މީޑީއާއަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުން މިހާދިސާ ހިނގީ ރޭ ދަންވަރު 1 ޖަހަން އުޅެނިކޮށެވެ. މިހާދިސާ ހިނގާފައި ވަނީ ފުވައްމުލައް ސިޓީ ސްޓޭޑިއަމް ސަރަހައްދުގައި ހުރި ސްޕީޑް ބްރޭކަރުގައި އޭނާ ދުއްވި ސައިކަލު ޖެހި ކޮންޓްރޯލް ނުވެ ސައިކަލާއެކު އޭނާ ވެއްޓުމުގެ ސަބަބުން ކަމަށް ވެއެވެ.

މިހާދިސާގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް ވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !