6 އޭޕްރީލް 2020 ( ހޯމަ )

banner

ރައްޔިތުންގެ މަޖުލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައރިރު އަލީ ނިޔ

ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހު ގެނެސް ކައުންސިލްތައް ބާރުވެރިކުރުވަނީ

ލާމަރުކަޒީ ގާނޫނާށް ބޮޑެތި ބަދަލުތަކެއް ގެއަނުމަށް ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީން އިއްޔެ ފާސްކޮށްފޮއެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ލާމަރުކަޒީ ގާނޫނާށް މި އިސްލާހުތައް ގެނެވޭނެކަމަށް ބެލެވެއެވެ.

އެގޮތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އަށް އިސްލާހާއެކު ކޮމެޓީން ބިލް ފާސްކޮށްފައި ވާކަމަށް އެކޮމެތީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ އެމްޕީ އަލީ ނިޔާޒު ހާމަކުރެއްވިއެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީ ކުރިން މިނިސްޓްރީތަކުން ކުރަމުންއައި 90 އަށް ވުރެ ގިނަ ކަމެއް ކައުނސިލަތަކުން ކުރާ ގޮތަށް ބަދަލުވެގެން ދާނެކަމަށް ވެއެވެ. އެގޮތުން އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދެއްގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެން ދޭނީ ސީދާ އެ ކައުންސިލެއްގެ ބެލުމުގެ ދަށުންނެވެ. ކައުންސިލް ނިސްބަތްވާ ސަރަހައްދުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް މަސައްކަތްތަކުގެ ތެރެއިން 5 މިލިޔަން ރުފިޔާއިން ފެށިގެން ދަށުން ޕްރޮޖެކްޓްތައް ހިންމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން ދައުލަތުގެ  ޑޮމެސްޓިކް ރެވެނިއުގެ %5  ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ލިބިދިނުމާއި އެ ކައުންސިލެއްގެ އިޚުތިސޯސުގައި ހިމެނޭ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމދަނީގެ %40 އާއި މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީގެ %100 ލިބިގެންދާނީ ކައުންސިލްތަކަށް ކަމަށް ވެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް ބަޖެޓް ކަނޑައާޅފައިވެއެވެ. އެގޮތުން 2020 ގެ ބަޖެޓުަގއި ކައުނސިލްތަކަށް ޖުމަލް 1.6 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވެއެވެ. މިއަހަުރގެ ބަޖެޓުގައި ކައުނސިލްތަކަށް މި ބޮޑުކުރެވުނު ނިސްބަތް މިއަހަރާއި އަޅާ ބަލާއިރު އުޅޭނީު ރަށު ކައުންސިލްތަކުގެ ބަޖެޓް %149 އަށް އަދި އަތޮޅު ކައުންސިލް ބަޖެޓް %155 އަށް އިތުރުވެގެން ދާނެއެވެ. އަދި ސިޓީ ކައުންސިލްގެ ބަޖެޓް އެވްރެޖްކޮށް %433 އަށް ބޮޑުވެގެން ދާނެއެވެ.ކިޔުންތެރިންގެ ޚިޔާލު