A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕްގެ ކުދިންނަށް އުރީދޫއިން ހަދިޔާ ދީފި

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަސް އުރީދޫ މޯލްޑިވްސްގެ ހަދިޔާ ދިނުން

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕްގެ ކުދިންނަށް އުރީދޫ މޯލްޑިވްސް އިން ޚިތާނީ ހަދިޔާ ދީފިއެވެ. އިއްޔެ ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަށް ޚާއްސަކޮށްގެން ޑެކަރޭޓް ކުރެވިފައިވާ ހޯލުގައި ކުދިންނަށް ހަދިޔާ ބަހައި ދެއްވީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު އެވެ.

ފާއިތުވި ނޮވެމްބަރު މަހުގެ 21 ން ފެށިގެން އަންނަ ޖެނުއަރީ މަހު 1 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް ކުރިޔަށް ގެންދާނެކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖެެގ ސްކޫލްތަކުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީގެ ދުވަސްވަރުކަމުން ގިނަ ބަޔަކު މިދުވަސްވަރު ޚިތާނުކުރުމުގެ ކަންތައްތައް ރާވައި ކުރިޔަށް ގެންދެއެވެ. ކުރީގައި އަމިއްލާ ގޭގައި ފެމިލީ ހެލްތުވޯކަރަކު ލައްވާއި، ނުވަތަ އެހެން މީހަކު ލައްވައި ޚިތާނުކުރިވި ކަމުގައި ވިޔަސް މިހާރު ޚިތާނުކޮށް އުޅެނީ ހޮސްޕިޓަކުގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަސް އުރީދޫ މޯލްދިވްސްގެ ހަދިޔާ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހަވާލުކޮށްދެއްވަނީ

މިގޮތަށް ގިނަ ބަޔަކު ޚިތާނުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ އެގޮތުގައި އިތުބާރު ބޮޑުވެފައި، ކަމެއް ދިމާވުމުން އެހީވާން ތިބީ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަމަށް ގަބޫލުކުރާތީ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ މީހަކު ބުންޏެވެ.

ހޮސްޕިޓަލުގައި ޚިތާނު ކުރި ކަމުގައި ވިޔަސް ޚިތާނުކުރުމާއި ގުޅިގެން ކުރިޔަށް ގެންދެވޭ އިޖުތިމާއީ ހަރަކާތްތައް ކުރިޔަށް ގެންދިއުން ގޭގޭގައި މިހާރުވެސް އޮވެއެވެ. ހޮސްޕިޓަލުގައި ޚިތާނު ކުރުމަށް ފަހު ދެތިން ގަޑިއިރު ނުވަތަ 1 ދުވަހު ހޮސްޕިޓަލުގަިއ ބޭއްވުމަށްފަހު ގެއަށް ދޫކޮށްލުމުން އާއިލީ މީހުންނާއި އެކުވެރިން ބައިވެރިވެ އުުފާ ފާޅުކުރުމުގައި ހަފުތާއެއްހާ ދުވަސް ހޭދަކުރެއެވެ. އެގޮތުން ކުޅުމާއި، ހަދިޔާ ގެނެސް ދިނުމާއި ކެއުމާއި ސައިގެ ހަރަކާތްތައް ގިނަފަހަރާ 10 ދުވަހަށް ވެސް ދެމިގެން ދެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަސް އުރީދޫ މޯލްޑިވްސްގެ ހަދިޔާ ހޮސްޕިޓަލުގެ ޑޮކްތަރުން ހަވާލުކޮށް ދެއްވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !