A wide advertisement which will be shown on all devices. (700 x 100)

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރުކުރުމަށް މަޖުލީހުން ފާސްކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ސައްލާތަކުގެ ތެރެއިން -އެމްޑީޕީއާއި ޕީޕީއެމް

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ލޯކަލް ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރުމަށް ދާދި ދެންމެއަކު ރައްޔިތުންގެ މަޖުލީހުން ފާސްކޮށްފިއެވެ. މިއީ ލޯކަލް ކައުންސިލްތަކުގެ ގާނޫނާއި ގުޅޭ ބަޔަށް މިފަހަރު ގެނެވޭ އެންމެ ބޮޑު ބަދަލުކަމަށްވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ވެސް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން ރައްޔިތުންގެ ސީދާ ވޯޓަކުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ހުށަހަޅާފައި ވެއެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ވަކިވަކިން މެމްބަރުން އިންތިޚާބު ކުރާ ގޮތަށް އޮންނަ އޮތުން ރަށު ކައުންސިލްގެ ރައީސް އޮޓަމެޓިކުން އަތޮޅު ކައުންސިލަށް ހޮވޭގޮތަށް ވެސް އިސްލާހުގައި އެވެ.

ސިޓީ ކައުންސިލް އެކުލެވޭ ގޮތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅައި ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން މިހާރު އޮންނަ އިންތިޚާބީ ދާއިރާއަށް ބަރޯސާވެގެން ސިޓީ ކައުންސިލްގެ މެންބަރުން ކަނޑައެޅުމުގެ ބަދަލުގައި އެސިޓީއެއްގެ އާބާދީގެ ނިސްބަތަށް ބަލައިގެން ސިޓީ ކައުންސިލް މެންބަރުންގެ އަދަދު ކަނޑައަޅާގޮތަށް އިސްލާޙު ހުށަހަޅާފައި ވެއެވެ. އެގޮތުން 3 ގިންތިއަކަށް ސިޓީތަކުގެ އާބާދީތައް ބަހާލަފައިވެއެވެ. އެއީ އެންމެ ބޮޑު އާބާދީ އާއި މެދު އާބާދީ އާއި ސިޓީއެއްގެ އެންމެ ކުޑަ އާބާދީއެވެ.

ސިޓީ ކައުންސިލްގެ މެންބަރުން ކަނޑައެޅުމަށް އާބާދީ ގިންތި ކުރެވިފައިވާ ގޮތް:

ސިޓީއެއްގެ އެންމެ ކުޑަ އާބާދީ 10000-20000 މެންބަރުން 5

ސިޓީއެއްގެ މެދު މިން އާބާދީ 20000-30000 މެންބަރުން 7

ސިޓީއެއްގެ ބޮޑު އާބާދީ 30000 އިން މަތި އިތުރުްވާ ކޮންމެ 10000 އަށް 2 މެންބަރުން އިތުރުކުރެވޭނެ.

މި ބަދަލު ފާސްވުމާއެކު ރާއްޖޭގައި މިހާރު އޮތް 3 ސިޓީ ކައުންސިލް ބަދަލުވެގެން ދާނީ މި ތިން ގިންތިއަށެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލް ބަދަލުވެގެން ދާނީ އެންމެ ކުޑަ ސީޓީ ގެ ގޮތުގައެވެ. އައްޑޫސިޓީ ކައުންސިލް، މެދު މިނުގެ ސިޓީއެއްގެ ގޮތުގައި އަދި މާލެ ސިޓީ ކައުންސިލް ބަދަލުވެގެން ދާނީ އެންމެ ބޮޑު ސިޓީ ކައުންސިލްގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި ކައިރި މުސްތަގުބަލެއްގައި ގދ. ތިނަދޫއާއި ހދ. ކުޅުދުއްފުށި ދެ ސިޓީ ކައުންސިލަށް ޕްރޮމޯޓް ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން އަންހެނުންގެ ދައުރު ކައުންސިލްތަކުގައި އިތުރު ކުރުމަށް އިސްލާހުގައި ކޮމެޓީީން ފާސްކޮށްފައި ވެއެވެ. އެގޮތުން ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަ ކުރުމަށް ވެއެވެ. ނަމަވެސް ކައުންސިލްތަކުގެ %33 އަންހެނުންނަށް ކަނޑައަޅާނެ ގޮތެއް އަދި ހާމަވެފައެއް ނުވެއެވެ.

މިހާރު ސިޓީތަކުގައި އެކަނި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ކޮންމެ ރަށު ކައުންސިލެއްގެ ދަށުން ވެސް އޮންނަން އަލަށް އގެންވޭ އިސްލާހުގައި ވެއެވެ. މިހާރު އެކޮމެޓީ ހޮވަނީ ހަމައެކަނި އަންހެނުންގެ ވޯޓުން ކަމަށްވިޔަަސް އަލަށް ގެނެވޭ ބަދަލާއެކު އެ ކޮމިޓީ ދެން ހޮވާނީ އެ ދާއިރާއެއްގެ ހުރިހާ ރައްޔިތުންނަށް ވެސް ކޮމެޓީގެ އިންތިޚާބުގައި ވޯޓު ދެވޭ ގޮތަށް ކަމަށް ހުށަހަޅާފައިވާ އިސްލާހުގައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !