6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލަކު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު. ފައިލް ފޮޓޯ

ސިޓީ ކައުންސިލްރުންގެ އަދަދު އިތުރުކުރަނީ – ފުވައްމުލައް ސިޓީ ކައުންސިލަށް 7

އާބާދީގެ ނިސްބަތުން ކައުންސިރުން ގެ އަދަދު ކަނޑައަޅާގޮތަށް ލޯކަލްކައުންސިލްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖުލީހުގެ ލާމަރަކަޒީ ކޮމެޓީން ފާސްކޮށްފިއެވެ. މިހާރު ކޮމެޓީން ބިލަށް ގެނެސްފައިވާ ބަދަލުތަކާއި މީގެ ކުރިން ކޮމެޓީގައި މަޝްވަރާ ކުރެވުނުގޮތާއި ތަފާތުތަކެއް އެބަހުއްޓެވެ.

ބެލެވޭ ގޮތުން މާދަމާ އޮންނަ މަޖުލިސް ޖަލްސާއަށް ހުށަހެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ:

ސިޓީ ކައުންސިލަށް މެންބަރުން ކަނޑައެޅުމަށް އާބާދީ ގިންތި ކުރެވިފައިވާ ގޮތް:

ސިޓީއެއްގެ އެންމެ ކުޑަ އާބާދީ 10000-30000 މީހުން 7 މެންބަރުން ނެވެ. މިހާރުގެ ހާލަތަށް ބަލާއިރު މިއީ ފުވައްމުލައް ސިޓީ ކައުންސިލަށް މެމްބަރުން ކަނޑައެޅިގެންދާނެ މިންވަރެއެވެ. މިހާރު ފުވައްމުލައްސިޓީ ކައުންސިލް އެކުލެވިގެން ވަނީ 3 މެންބަރުންގެ މައްޗަށެވެ.

ސިޓީއެއްގެ މެދު މިން އާބާދީ 30000-60000 މީހުން 11 މެންބަރުންނެވެ. މިހާރުގެ ހާލަތަށް ބލާއިރު މިއީ އައްޑު ސިޓީ ކައުންސިލަށް މެމްބަރުން ކަނޑައެޅިގެންދާނެ މިންވަރެއެވެ. މިހާރު އައްޑުސިޓީ ކައުންސިލް އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ.

ސިޓީއެއްގެ ބޮޑު އާބާދީ 60000 އިން މައްޗަށް 19 މެންބަރުން ނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލަށް 4 މެމްބަރުން އިތުރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހުގެނައުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ސީދާ ވޯޓަކުން ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމާއި ކޮންމެ ސިޓީ ކައުންސިލެއްގައި ވެސް މަދުވެގެން 1 އަންހެން މެމްބަރު އިންތިޚާބު ކުރުމަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް އެމެންބަރު އިންތިޚާބުކުރާނެ ގޮތެއް އަދި ސާފުވެފައެއް ނެތެވެ. ޔަގީން ނުކުރެވޭ މައުލާުމާތުތައް ބުނާ ގޮތުގައި ސިޓީ ކައުނިސލަށް އަރި ރަށު ކައުންސިލަށް އިންތިޚާބުކުރެވޭ އަންހެން މެންބަރަކީ މުޅިރަށުގެ އެންމެގެ ވޯޓުން ހޮވާ އަހްނެހެނުނެ ގެ ކޮމެޓީގެ ރައީސާއެވެ.

އަތޮޅު ކައުންސިލްތަކަށް ވަކިވަކިން މެމްބަރުން އިންތިޚާބު ކުރާ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް ރަށު ކައުންސިލްގެ ރައީސް އޮޓަމެޓިކުން އަތޮޅު ކައުންސިލަށް ހޮވޭގޮތަށް ވެސް އިސްލާހުގައި އެވެ.

މީގެ އިތުރުން ރަށުގެ އާބާދީގެ ނިސްބަތުން ކައުނސިލރުން ިއންތިޚާބުކުރާ ގޮތަށް ވެސް ހުށަހަޅާފައިވެއެވެ. އެއީ:

ރަށުގެ އާބާދީ 10000 އަށްވުރެ ދަށްނަމަ 3 މެންބަރުން

ރަށުގެ އާބާދީ 10000-30000 މީހުން ނަމަ 5 މެންބަރުން އަދި

ރަށުގެ ރަޖިސްޓްރީ އާބާދީ 30000 އިން މަތި ނަމަ 7 މެންބަރުން އިންތިާޚބުކުރާ ގޮތަށް ކަމަށްވެއެވެ.

ނަމަވެސް މިބަދަލުތަކުގެ އެނެމް ފަހު ނިންމުން އެނގިގެން ދާނީ މާދަމާ ނުވަތަ އަންނަ ހޮނިހިރު ދުވަހު ބޭއްވެ މަޖުލިސް ޖަލްސާގައި ފާސްވެގެންދާ ގޮތަކުންނެވެ.

 ކިޔުންތެރިންގެ ޚިޔާލު