6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތައް ބަހަން އިލެކްޝަންސް ކަމިޝަނުން ކަނޑައަޅާފައިވާ 6 ދާއިރާ

ލޯކަލް ކައުންސިލް އިންތިޚާބަށް 6 ދާއިރާއަށް ފވމ ސިޓީ ބަހައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިންތިޚާބީ 6 ދާއިރާއަކަށް ފުވައްލައް ސިޓީ ބަހައިފިއެވެ. ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބީ 3 ދާއިރާ ހިމެނޭ ފުވައްމުލައް ސިޓީ  ބަހާފައި މިވަނީ އިލެކްޝަޝަން ކަމިޝަނުން އިންތިޚާބީ ދާއިރާތައް ކަނޑައެޅި ގޮތުންނެވެ. މިފަހަރު އިންތިޚާބަށް ދާއިރާ ބެހުމުގައި އާބާދީ ބަލާފައި ވަނީ 15 ޑިސެމްބަރު 2019 އަށެވެ. އެ ތާރީޚަށް ފުވައްމުލައް ސިޓީގެ އާބާދީ އަކީ 13064 އެވެ.

ލޯކަލް  ކައުންސިލް އިންތިޚާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބީ ދާއިރާތައް ވެސް މިވަނީ ކަނޑައަޅާފައެވެ. މި ދެ އިންތިޚާބުގައި ވެސް ފުވައްމުލައް ސިޓީ އިން އިންތިޚާބު ކުރަން ޖެހެނީ 6 މެމްބަރުންނެވެ. އެއީ ސިޓީ ކައުންސިލްގެ މޭޔަރު ނުލައެވެ. އިލެކްޝަންސް ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ ދާއިރާކުން އިންތިޚާބުކުރާނީ އެއް މެންބަރެކެވެ.

އިންތިޚާބީ ދާއިރާތައް ކަނޑައެޅި ގޮތުގެ ރިޕޯރޓް އިލެކްޝަންސް ކަމިޝަނުން ވަނީ އާއްމުކޮށް އިއުލާންކޮށް އެރިޕޯރޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައެވެ.

އިލެކްޝަންސްގެ ޑްރާފްޓް ރިޕޯރޓްގައި ވާ ގޮތުން އެއް އަވަށަކަށް އެކަނި ދާއިރާއެއް ހިމެނެނީ ހަމައެކަނި ދޫނޑިގަމު އަވަށުގައެވެ. ދެން ހުރި 5 ދާއިރާގައި ވެސް އެހެން އަވަށްތަކުގެ ބައިތައް ހިމަނާފައި ވެއެވެ.

ފުވައްމުލައް ސިޓީ ދާއިރާ 1

މި ދާއިރާގައި ހިމެނެނީ ދަޑިމަގު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2215 މީހުންގެ މައްޗަށެވެ. މިއީ ދެވަނައަށް އެންމެ ބޮޑު އާބާދި ހިމެނޭ ދާއިރާއެވެ. މި ދާއިރާން އިން ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 2

މި ދާއިރާގައި ހިމެނެނީ ހޯދަޑު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2169 މީހުންގެ މައްޗަށެވެ. މި ދާއިރާން އިން ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 3

މި ދާއިރާގައި ހިމެނެނީ މާދަޑު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަކާއި މިސްކިތްމަގު އަވަށުން ބައެއް ގެތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2081 މީހުންގެ މައްޗަށެވެ. މިއީ އެންމެ އާބާދީ ކުޑަ ދާއިރާއެވެ. މި ދާއިރާން އިން ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 4

މި ދާއިރާގައި ހިމެނެނީ ފުނާޑުު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ގެތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2098 މީހުންގެ މައްޗަށެވެ. މިއީ އެންމެ ދެވަނއަށް އެންމެ ކުޑަ އާބާދީ ހިމެނޭ ދާއިރާއެވެ. މި ދާއިރާން އިން ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 5

މި ދާއިރާގައި ހިމެނެނީ މާލެގަމު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2360 މީހުންގެ މައްޗަށެވެ. މިއީ އެންމެ އެންމެ ބޮޑު އާބާދީ ހިމެނޭ ދާއިރާއެވެ. މި ދާއިރާން އިން ވެސް ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 6

މި ދާއިރާގައި ހިމެނެނީ ދޫނޑިގަމު އަވަށުގެ ހުރިހާ ގެތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2151 މީހުންގެ މައްޗަށެވެ. މިއީ އެންމެ ތިންވަނައަށް އެންމެ ކުޑަ އާބާދީ ހިމެނޭ ދާއިރާއެވެ. މި ދާއިރާން އިން ފުވައްމުލައް ސިޓީ ކައުންސިލަށް 1 މެންބަރު އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަށް 1 މެންބަރަކު އިންތިޚާބުކުރާ ގޮތަށެވެ.

ދާއިރާތައް ބަހާފައިވާ ގޮތުން ބައެއް އަވަށްތަކުގެ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ހަމަހަމަ ފުރުސަތު ގެއްލިގެން ދާކަމަށް ބުނެ އެ އަވަށްތަކުގެ މީނުންގެ ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. އެގޮތުން ދިގުވާނޑު އަވަށާއި މިސްކިތްމަގު އަވަށުގެ ކެންޑިޑޭޓުންނާއި ދިގުވާނޑު އަވަށުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ހަނިކަމަށް ބުނެ ޝަކުވާގެ އަޑުތައް ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވެއެވެ.ކިޔުންތެރިންގެ ޚިޔާލު