6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލައް ސިޓީއަށް ގެނެސްފައިވާ ހައިވޯލްޓެޖް ކޭބަލް ވަޅުލައިދޭނެ ބަޔަކު ހޯދަނީ

އެޗްވީ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދަނީ

ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ކަރަންޓް ވިއުގައިގައި ހިމެނޭ ހައި ވޯލްޓޭޖް (އެޗްވީ) ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ފުވައްމުަލއް އިން އާއްމުކޮށް ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓްގެ ޚިދުމަތުގެ ހާލަތު ރަނގަޅ ުކުރުމުގެ ގޮތުން ދާދި ފަހުން ވަނީ އެޗްވީ ކޭބަލާއި އައު ޓްރާންސް ފޯމަރުތަކެއް ރަށަށް ގެނެސް ފައެވެ. އެގޮތުން ގެނައި އެޗްވީ ކޭބަލް ތައް ވަޅުލައި ޓްރާންފޯމަރުތައްތަކާއި ގުޅުމުގެ މަސައްކަތަށް ތައްޔާރުވެފައިވާ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ދާދި ފަހުން ފުވައްމުލައް ސިޓީ އަށް ގެނައި ޓްރާންސްފޯމަރުތަކާއި އެޗްވީ ކޭބަލްތައް ރަށް ބާލަނީ

މި ފިޔަވަހީގެ ދަށުން ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވަނީ 1 ނަމްބަރު ސަބްސްޓޭޝަނުން 2 ނަމްބަރު ސަބްސްޓޭޝަނާއި އަދި 4 ނަމްބަރު ސަބްސްޓޭޝަނަށެވެ. އެއާއެކު ޖަމާލުއްދީން ނާއިބު ތުއްތު މަގަށް ޖުމްލަ 1618 މީޓަރުގެ އެޗްވީ ކޭބަލް ވަލުލުމަށް ހަމަޖެހިފައި ވާކަމަށް ފެނަކައިން ހާމަކުރެއެވެ.

ކޭބަލް ވަލުލައި ދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ (31 ޑިސެމްބަރ 2019) ގެ 1:00 އަށް ފެނަކަ ފުވައްމުލަކު އޮފީހަށް މަސައްކަތުގެ މުއްދަތާއި އަގު (ކޯޓޭޝަން) ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ދާދި ފަހުން ފުވައްމުލައް ސިޓީ އަށް ގެނައި ޓްރާންސްފޯމަރުތައް

ފުވައްމުލައް ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފާއިތުވި އޮކްޓޯބަރު މަހު ފަހުކޮޅު 1.2 މެގަވޮޓް ގެ އައު ޖެނެރޭޓަރެއް  ފުވައްމުލަކަށް ގެެސްފައި ވެއެވެ.

ފުވައމްުަލއް ސިޓީގެ އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ހެދި އައު އިންޖީނުގެއެއް އެޅުމަށް ދޫނޑިގަމު އަވަށު، ފުވައްމުލަކު ސްކޫލް ބިއްދޮށުގެން ސަރަހައްދެއް ހަމަޖެހިފައިވާ ކަމަށް ވެއެވެ. މިހާރު ފުވައްމުލައ ސިޓީ އަށް ދިމާވެފައިވާ ކަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާއިންޖނުގެ އަޅައި ބޭނުންކުރަން ފެށުމުން ކަމަށެ ވެއެވެ.ކިޔުންތެރިންގެ ޚިޔާލު