29 މާރިޗު 2020 ( އާދީއްތަ )

banner

މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތް 2019 ގެ ތެރެއިނ

ބައިނަލްއަގްވާމީ ފެންވަރުގެ އެތުލެޓިކްސް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި

ބައިނަލްއަގްވާމީ ފެންވަރުގެ އެތުލެޓިކްސް ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލެވެލް ކޯހެއް ފުވައްމުލަކުގައި ބޭއްވުމަށް ދިވެހި ގައުމީ ކަސްރަތު ޖަމިއްޔާ މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާންކޮށްފިއެވެ. މި ޕްރޮގްރާމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިންޑިއަން އޯޝަން އައިލެންޑްސް ގޭމަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބައިނަލް އަގްވާމީ ލެވެލް އެކެއްގެ ކޯޗަކު ބެހެއްޓުމަކީ އެއެސޯސިއޭޝަނުގެ އަމާޒެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އޮލިމްޕިކް ކޮމިޓީ އާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ރާވާ މި ކޯސް ކުރިއަށްދާނީ މިމަހު 20-31 އަށެވެ. މި ކޯހުގެ ކިޔަވައި ދެއްވާނީ ލެވެލް ދޭއްގެ ލެކްޗަރާ އެސް.ޕީ މޫސާ ރަޝީދެވެ. އޭނާ ވަނީ މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ކޯހެއް ވެސް ހިންގައިފަ އެވެ. އެސް.ޕީ ގެ އެހީތެރިޔެއްގެ ގޮތުގައި ޕާކިސްތާން ލެކްޗަރާއެއް ވެސް ބައިވެރިވާނެ އެވެ.

މިކޯހުގެ 24 ޖާގައަށް ކުރިމަތިލުމަށް މިހާރު ހުޅުވާލެވިފައިވާއިރު، އޭގެ ތެރެއިން 16 ޖާގަ ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކަށެވެ. އަދި ރަށުން ބޭރުން އަންނަ ބައިވެރިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެ އެވެ. ފުލްޓައިމްކޮށް ކިޔަވައިދޭ މި ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ އެތުލެޓިކްސްގައި ހަރަކާތްތެރިވާ ކޯޗުންނަށެވެ. މިކޯހަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވިފައިވަނީ މިމަހު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެތުލެޓިކްސްގައި ފުވައްމުލަކަކީ ޒަމާނުއްސުރެ އެންމެ ކާމިޔާބު އެއްރަށެވެ. ނަމަވެސް، ފަހަކަށް އައިސް އެހެން ރަށްރަށުން ދަނީ ނިސްބަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެތުލެޓިކްސްގައި ފުވައްމުލަކަކީ ކާމިޔާބު ރަށަކަށްވީ ނަމަވެސް އެތުލެޓިކްސް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ސެންޓަރެއް ފުވައްމުލަކުގައި ނުހުރެއެވެ. އަދި ޔޫތު ޑެލެލޮޕްމަންޓް ޕްރޮގްރާމުވެސް ވަނީ ވަޅުޖެހިފައެވެ. ނަމަވެސް، ޔޫތު ޑެވެލޮޕްމަންޓް ޕްރޮގްރާމް ފުވައްމުލަކުގައި ވަރަށް އަވަހަށް ފަށާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެެއެވެ. އެސޯސިއޭޝަނުން މިހާރު ރަސްމީކޮށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަނީ މާލެ އާއި އައްޑޫ އަދި ކުޅުދުއްފުށީގަ އެވެ. އައްޑޫ އާއި ކުޅުދުއްފުށީގައި ޖޫނިއާ އުމުރުފުރާ އިން ފެށިގެން ތަމްރީންދެމުން ގެންދެއެވެ.ކިޔުންތެރިންގެ ޚިޔާލު