A wide advertisement which will be shown on all devices. (700 x 100)

ވާލާއި ކާޅު މެރުމަށް ބަޑިޖެހުމަކީ މަނާކަމެއް – މާރިޔާ

ވާލުގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރާ އަލްޓްރާ ސޮނިކް އާލާތް މަސައްކަތް ކުރާ ގޮތް. ގްރެފިކްސް. މިކަލްނިއުސް

ވާލާއި ކާޅު މެރުމަށް ބަޑިޖެހުމަކީ މަނާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. ޚާއްސަކޮށް ވާލާއި ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންދޭ އެއްޗަކަށްވަނީ ވެފައެވެ.

ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން ބަޑި ޖަހައިގެން ވާލާއި ކާޅު މަރައިދޭން ރަށްރަށުން އެދޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ހާމަކުރެއްވި އިރު ފުވައްމުލައް ސިޓީގެ ރައްޔިތުން ތަފާތު އެތައްފަހަރެއްގެ މަތިން ޚާއްސަކޮށް ވާ މަދުކޮށްދިނުމަށް އެދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ވާލަކީ ފުވައްމުލަކަށް ހިޖުރަކުރި ބީރައްޓެހި ޖަނަވާރެކެވެ. ކުރިން ފުވައްމުލަކުގައި ކުރިން އުޅުނު އެއްޗެއް ވެސް ނޫނެވެ. އެކަމުގެ ފައިދާ ފުވައްމުލަކުގެ ދަނޑުވެރިންކަމުން ރާއްޖޭގެ މާޒީގައި ވަނީ ފެނި ހާމަވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ދެނީ ވާލާއި ކާޅު ފައްސަން ކަމަށެވެ. ފައްސައިގެން ނަމަވެސް ފުވައްމުލކުގެ ރައްޔިތުން އެދެނީ ވާލުގެ އުނދަގުލުން ސަލާމަތްވާނެ ގޮތެއް ހޯދައި ދިނުމަށެވެ.

“ވަކި ޓާގެޓެއް ނެތި ބަޑި ޖެހުމަކީ ޚަރަދު ބޮޑު ކަމެއް. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރަން ރަނގަޅު ކަމެއް ނޫން” ކަމަށް މާރިޔާ ވިދާޅުވެފައި ވެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއަށް އެނގިވަޑައި ނުގަތީ ވާލާއި ކާޅުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ކުރިމަތިވާ ބޮޑުގެއްލުމެވެ. ގެއްލިގެންދާ އަގުނުކުރެވޭވަރުގެ އާމްދަނީއެވެ.

ބަޑިޖަހައިގެން ވާލާއި ކާޅު މަދުކޮށް ދޭން އެދެނީ ވަކި ޓާގެޓެއްނެތި ބަޑިޖަހާކަށް ނޫނެވެ. ކައިރީއޮންނަ ރަށްރަށުގެ ފަޅުގައި އަޅާފައި އޮންނަ ޔޮޓުގައި ހުންނަ ފަތުރުވެރިޔާގެ ގެގެޔަށް ވަޒަން އަރާގޮތަށް އަމާޒެއްނެތި ބަޑިޖަހާކަށް އެއްވެސް ބަޔަކު ނޭދޭނެއެވެ.

ފުވައްމުލަކުން ވާ މަދުކުރުމަށް އަޖުމަބެލުމުގެ ގޮތުން އަލްޓްރާ ސޮނިކް ސިސްޓަމެއް ބޭނުންކުރިއެވެ. ނަމަވެސް އެއީ ވެސް ފުވައްމުލަކުގައި ބޭނުންކުރުމަށް ކާމިޔާބު އެއްޗަކަށްނުވިއެވެ. ކިރިޔާވެސް ވާލުގެ އުނދަގޫ ތައްކަތަ ވަނީ ދުވަސްގަނޑަކު ބަޑިޖަހައިގެން ކަން ފުވައްމުލަކު ރައްޔިތުން ގަބޫލުކުރެއެވެ.

ބަޑިޖަހަައިގެން ވާލާއި ކާޅު މަދުކުރުމުގެ ޓާގެޓް ކަނޑައަޅައިގެންނެވެ. ފުވައްމުލަކުގެ އަނބުގަސްތަކާއި މޭވާ ގަސްތަކުގެ މޭވާތައް ސަލާމަތް ކުރުމަށެވެ. ރައްޔިތުންގެ އާމްދަނީ ހޯދުމަށ ްކުރާ މަސައްކަތް ހިމާޔަތްކޮށް ދިނުމުގެ ގޮތުންނެވެ.  ފުވައމްުލަކުގެ ފަތްކެޔޮގަސްތަކުގެ ކެޔޮގަނޑު ވާލުގެ ވަކިތަކުން ސަލާމަތްކޮށް ރައްޔިތުމީހާއަށް އެއިން އާމްދަނީއެއް ހޯދައިދިނުމުގެ ޓާގެޓެއް ނެތީތޯއެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން މުސާރައާއި އިންޔަތްތައް އަދި ވަސިލަތްތައް ފުރިހަމަކޮށްދެނީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކުރުމަށެވެ. އެކަމަށް ހިނގާ ޚަރަދާއިމެދު ޑިފެންސް މިނިސްޓަރު ކަންބޮޑުވާކަށް ނުޖެހެއެވެ. އެފައިސާ ދެނީ ދިވެހި ރައްޔިތުންނެވެ. ހިމާޔަތްކޮށްދޭން ވި ދިވެހިރައްޔިތުންގެ އާމްދަނީ ލިބޭ މަސައްކަތެވެ. އެކަމުގެ މަތިވަރެވެ.

އީޕީއޭއިން ވެސް ނިކަމެތި ރައްޔިތުންނަށް ލިބެން އޮންނަ ކުޑަ އާމްދަނީ ހިމާޔަތް ކޮށްދޭންޖެހެއެވެ.

 

ފުވައްމުލަކުގައި ވާލުގެ އުނދަގޫ އެންމެ ބޮޑީ، އަނބު، ޖަބްރޯލް، ފޭރު، ދޮންކެޔޮ ފަދަ މޭވާ އަޅާ ގަސްގަހަށެވެ. އަދި ރުއްރުކުގެ ޅަ’ގޮބޮޅި’ތައް ހަލާކު ކުރުމާއި ވާލުގެ ވަކިން ކުރުނބާއާއި އެހެން މޭވާތަކުގެ ބޭރު ހަޑިކުރުމުން އެއަށް ލިބެންވާ މާކެޓް އަގު ވެއްޓި ބޮޑެތި ގެއްލުންތަކާއި ދަނޑުވެރިން ކުރިމަތިލާން ޖެހެއެވެ.

އީޕީއޭ އަށް ވާލުގެ އުނދަގޫ ނުވާކަމަށާއި އެ އުނދަގޫވަނީ ދަނޑުުވެރިންނަށް ކަމަށްވުމުން އެކަމުގެ އަގު އީޕީއޭއަސްވެސް އަދި ޑިފެންސް މިނިސްޓަރަށް ވެސް ނުކުރުވޭކަމަށް ފުވައްމުލަކުގެ ރައްޔިތުން ބުނެއެވެ.

ފުވައްމުލަކުގައި ވާލުގެ އުދަގުލުން ސަލާމަތްވާ އާލާތެއް ޓެެސްޓު ކުރަނީ

 

ފުވައްމުލަކުގައި ވާލުގެ އުދަގުލުން ސަލާމަތްވާ އާލާތެއް ޓެެސްޓު ކުރަނީ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !