A wide advertisement which will be shown on all devices. (700 x 100)

މާދަމާ މާލެގަމާއި މާދަޑުގެ ބަޔަކުން ކަރަންޓް ޚިދުމަތް މެދުކަނޑާލަނީ

ފުވައްމުލަކު ޓްރާންސްފޯމަރު ގެއެއްގައި ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަނީ

މާދަމާ މެދުރުން ފެށިގެން ހަވީރަށް ފުވައްމުލައް ސިޓީގެ މާލެގަމު އަވަށާއި މާދަޑުއަވަށުގެ ބައެއް ހިސާބަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ ފުވައްމުލައް އިން ހާމަކޮށްފިއެވެ.

މާދަމާ، 14 ޖެނުއަރީ 2020 ވާ އަންގާރު ދުވަހު ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ. މިވަގުތުގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ މާލެގަމު އަވަށުގެ ގެތަކުގެ އިތުރުން މާދަޑު އަވަށުގެ ދޮންދުބުރިގެ، ނަރުގިސްގެ، މަހިލަމބުމާގެ، ފްރީގޭޓް އަދި ހިރިމާގޭ ހިމެނޭ ސަރހައްދުންނެވެ.

ފެނަކަ-ފުވައްމުލައް އިން ހާމަކުރާ ގޮތުގައި މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ މިހާރު ފަށައިގެން އުޅޭ ޑިސްޓްރިބިއުޝަން ފޮށި ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މާދަމާ ބަދަލުކުރުމަށް ހަމަޖެހިގައި ވަނީ މާލެގަމު އިރަސްމިކުގޭ ގޯޅީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިކަމަށް ފެނަކައި ހާމަކުރެއެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !