5 އޭޕްރީލް 2020 ( އާދީއްތަ )

banner

ޔޫއެންޑީޕީގެ ‘ހިލޭ އެހީގެ’ ކުދި ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކޮށްފި

ޔޫއެންޑީޕީގެ ފަރާތުން ހިލޭ އެހީދޭ ކުދި ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެކު ބައްދަލުވުމެއް މިއަދު ބާއްވައިފިއެއެވެ. ހިލޭ އެހީދޭ މި ޕޮރޮގްރާމަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އެވެ.

މި ޕްރޮގްރާމުގެ ދަށުން ހިލޭ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ތިމާވެއްޓާއި ދަނޑުވެރިކަން އަދި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ޕްރޮޖެކްތައް ހިންގުމަށްޓަކައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށެވެ. މިއަހަރުގެ ޕްރޮގްރާމަށް ޕޮރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުއެވެ.

މި ޕްރޮގްރާމުގައި ދަށުން މީގެ ކުރިންވެސް ފުވައްމުލައް ސިޓީގެ އެކި ޖަމާއަތްތަކަށް ހިލޭ އެހީ ދީފައިވެއެވެ. އަދި ހިލޭ އެހީދޭ މިޕްރޮގްރާމުގެ ދަށުން، މަގުގައި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ގޯތިތެރޭގައި ވާ ހުސްތަންކޮޅުގައި ގަސް ހެއްދުމާއި ބައިލޮޖިކަލް ޑައިވާސިޓީ ކެޓަލޮގެއް ތައްޔާރުކުރުމުގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ފަށާފައި ވެއެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ އެވެއަރ ސޮސައިޓީ އިން ހިންގާ ބައިލޮޖިކަލް ޑައިވާރސިޓީ ކެޓަލޮގް ތައްޔާރުކުރުމުގެ މަސައްކަތް އެކަންޏެވެ.

މީގެތެރެއިން ގޯތިރޭގައި ވާ ހުސްތަންކޮޅުގައި ގަސް ހެއްދުމާއި ގުޅޭ ޕްރޮޖެކްޓް ކުރިޔަށް ނުދާތީ އެޕްރޮޖެކްޓްގެ ގްރާންޓް ޔޫއެންޑީޕީން ކެންސަލް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ޔޫއެންޑީޕީގެ ޓީމަކުން ފުވައްމުލައް ސިޓީ އަށް ކުރާ މިދަތުރުގެ އެއް ބޭނުމަކީ ‘ޖެފް’ ގެ ތެރެއިން ހިލޭ އެހީ ދީގެން ހިންގާ ކުދި ޕޮރޮޖެކްޓްތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ބެލުމެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މައިގަނޑު މަޤްސަދަކީ ދުނިޔެއަށް ކުރިމަތިވާ ތިމާވެށީގެ އެކި މައްސަލަތަކަށް އެގައުމެއްގެ އިސް ފަރާތްތަކުގެ ލަފާއާއެކު ހައްލުހޯދުމެވެ.



ކިޔުންތެރިންގެ ޚިޔާލު