ޗައިނާގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރުވަނީ ޗައިނާ ހުރަސްކޮށް އޭޝިއާގެ ގިނަ ގައުމުތަކަކުން ފެންނަން ފަށާފައެވެ. އެގޮތުން، ރާއްޖެ ހިމެނޭ ސާކު ސަރަހައްދުގެ ތިން ގައުމަކުން މިހާރު ވަނީ ކޮރޯނާ ވައިރަސް ފެނިފައެވެ. އެއީ ނޭޕާލާއި، ސްރީލަންކާއާއި އިންޑިއާއިންނެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ދެމަންޒިލްކަމަށްވާ ސްރީލަންކާ އާއި އިންޑިއާއިން މިބަލި ފެނުމަކީ ދިވެހިރާއްޖެއަށް މިބަލި ފޯރާފާނެކަމުގެ ބިރު އިތުރުވެގެންދިޔަ ކަމަށެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މިބަލި އިންޑިއާއިން ފެނިފައިވަނީ ޗައިނާއިން އިންޑިއާއަށް ދާދިފަހުން އައި އިންޑިއާ މީހެއްގެ ގައިންނެވެ. އޭނާގެ އިތުރުން އެބައްޔަށް ޝައްކުކުރެވޭ މީހުންތައްވެސް މިހާރުދަނީ ޓެސްޓްކުރަމުންނެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއިން މިހާތަނަށް 170 މީހުން މަރުވެފައިވާއިރު 7،711 އަށްވުރެ ގިނަ މީހުންނަށް މިބަލީގެ ޝިކާރައަކަށް މިހާރުވެސް ވެފައިވެއެވެ. 20 ގައުމުން މިބަލި މިހާތަނަށް ފެނިފައިވުމާއިއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަމާއި ގުޅޭގޮތުން މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިބައްދަލުވުމުގައި މިބައްޔަކީ އައުޓްބްރޭކެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށްވެއެވެ.
މިހާތަނަށް ރާއްޖެއިން މިވައިރަސް ފެނިފައިނުވި ނަމަވެސް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާއިން މިބަލި ފެނިގެން ދިއުމަކީ ރާއްޖެއިންވެސް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭކަމަށްކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. މިވަގުތަށް މުހިންމީ ފައިސާއަށްވުރެ ބޮޑަށް ފުރާނަކަމަށް ބުނެ ޗައިނާ ފަތުރުވެރިން ރާއްޖެގެނައުން މި ވަގުތަށް ހުއްޓާލަން ސޯޝަލް މީޑިއާގައި އާއްމުން ވަނީ ގޮވާލަން ފަށައިފަ އެވެ.
މިބަލި މިހާތަނަށް ފެނިފައިވާކަމަށް އިއުލާންކޮށްފައިވަނީ؛
ޗައިނާ – 7711 މ
އޮސްޓްރޭލިއާ -7
ކެމްބޯޑިއާ – 1
ކެނެޑާ – 3
ފްރާންސް – 5
ފިންލޭންޑް – 1
ޖާމަނީ – 4
އިންޑިއާ – 1
ޖަޕާން – 11
މެލޭޝިއާ – 8
ނޭޕާލް -1
ފިލިޕިންސް – 1
ސިންގަޕޫރު – 10
ސައުތުކޮރެއާ – 4
ސްރީލަންކާ -1
ޓައިވާން – 8
ތައިލޭންޑް – 14
ޔޫއެސް -5
އޫއޭއީ 4
ވިއެޓްނާމް – 2
ޚިޔާލުތައް