25 ފެބުރުއަރީ 2020 ( އަންގާރަ )

banner

ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކޮށްފި

ފވމ ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް ހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކޮށްފި

ފުވައްުލަކު ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް އެހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކޮށް، ޓެސްޓްކޮށް ނިމިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައިދު ހާމަކުރައްވައިފިއެވެ. ކުރިން ދަތުގެ ފަރުވާ ނުވަތަ ޑެެންޓަލް  ފަރުވާ ދެމުން އައިސްފައި ވަނީ ކުރީގެ ބައު ހޮސްޕިޓަލުގެ އިމާރާތުގައި ސެޓަޕް ގާއިމުކޮށްގެންނެވެ.

ޑެންޓަލް ކެއަރ ސެޓަޕް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭތީ މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވަނީ ޚިދުމަތް މެދުކަނޑާލާާފައެވެ.

އައު ހޮސްޕިޓަލް އިމާރާތަށް ދަތުގެ ފަރުވާ ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ފެށީ 6 ފެބްރުއަރީ 2020 ވަނަ ދުވަހު އެވެ. މިމަސައްކަތް ކޮށްފައި ވަނީ ހޮސްޕިޓަލުގެ މެއިންޓެނަންސް ޓީމުން ނިމިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކޮށްފި. 9 ފެބްރުއަރީ 2020

“މާލެއިން ޓެކްނީޝަނުން ނުގެނެސް މި ސެޓަޕް އެއްތަނުން އަނެއްތަނަށް ކާމިޔާބު ކަމާއެކު ބަދަލުކޮށްލުމީ ހޮސްޕިޓަލަށާއި މެއިންޓެނެންސް ޓީމަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް”، ކަމަށާއި “ޚާއްޞަކޮށް އިންޖިނިއަރިންގ މަސައްކަތް ބަލަހައްޓަވާ މެއިންޓެނަންސް އޮފިސަރ އިބްރާހިމް މުޙައްމަދު” ގެ މަސައްކަތް ފާހަގަ ކުރަމުން މެނޭޖަރ އަހުމަދު ސައީދު ހާމަކުރެއްވިއެވެ.

ކުރިންވެސް ރޭވިފައިވާ ގޮތަށް މާދަމާ، ހޯމަ (10 ފެބްރުއަރީ 2020) ދުވަހު ޚިދުމަތް ދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މެނޭޖަރ ހާމަކުރެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން.ކިޔުންތެރިންގެ ޚިޔާލު


  1. ޔަން 9 ފެބުރުއަރީ 2020 20:02

    ތިޔަ މެނޭޖަރ އިބްރާހިމް މުހަައްމަދަށް މާ ތައުރީފްކޮށް ވާހަކަ ދައްކާއިރު، ހަމަ އެ އަނގައިން …………

  2. ޝިއްޓު 9 ފެބުރުއަރީ 2020 20:02

    ޢެމް.ޑީ.ޕީގެ މި ވެރިކަމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތްތައް އެއްދުވަހު އެއްތަނުގައި އަނެއްދުވަހު އަނެއް ތަނުގައި….ރައްޔިތުން ވާނުވާގަ…ތަންކޮޅެއް ރަނގަޅު ޚިދުމަތެއް ދެވޭ ނަމަވެސް ރަނގަޅެއްނު ފޮނި ކަނޑާފައި ތިޔަ މެނޭޖަރ އަމިއްލަ އަށް ޕްރޮމޯޓް ވާން….