ސަރުކާރުގެ ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމް 2020 ގެ ދަށުން ސަރޓިފިކެޓް 3 އިން ރެޕްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯހެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ. މިއީ ޓިވެޓް އޮތޯރިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅުގެ ކުރިޔަށްގެންދާ ކޯހެކެވެ.
ޒުވާނުންނަށް ހުނަހުރަތައް ދަސްކޮށްދީގެން އާމްދަނީ ލިބޭނެ މަގުފަހި ކުރުމުގެ މަގުސަދުގައި ހިންގާ މިކޯހުގައި 20 ބައިވެރިން ހިމެނެއެވެ. ހުނަރުވެރިން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ވެ. އަދި، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވިއެވެ.
ކޯސްފެށުމުގެ ރަސްމިއްޔާތުގައި ޥާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވީ މުސްތަޤްބަލުގައި ހުނަރުވެރިން ބިނާކުރުމުގެ އިތުރު ކޯސްތައް ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރް އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ކުރީ ސަރުކާރުން މިފަދަ ކޯސްތައް ހިންގަން އަމިއްލަ ކޮލެޖުތަކަށް ބޮޑު ހޭއްދައެއް ކޮށްފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ވެސް ޒިކުރާ ކޮލެޖުން ވީކެންޑުގަިއ ކިޔަވަިއދޭގޮތަށް އިލެކްޓިްރިކް ވައިޔަރިން ކޯހެއް ފެށިއެވެ. އެކޯހާއި ބެހޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ގިނަ ދުވަހަށް ފުރިހަމަ ޚިދުމަތުގެި ބެހެއްޓުމަށް އެއަރކޮންޑިޝަން ސާފުކުރައްވާ
ޚިޔާލުތައް