6 އޭޕްރީލް 2020 ( ހޯމަ )

banner

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކޮށްފި

ފުވައްމުލައް ސިޓީގައި މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. އެހެން ފަހަރުތަކުގައި މާދަރީ ބަސްފާހަގަ ކުރުމުގަިއ މުޅިންވެސް ފެންނަނީ ސްކޫލް ތަކުން ހަރަކާތްތެރިވާ ތަނެވެ. ނަމަވެސް މިފަހަރުގެ މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ފާހަގަ ކުރީ ފުވައްމުލައް ސިޓީ ކައުންސިލާއި ރަށުގެ ސްކޫލްތައް ގުޅިގެންނެވެ.

ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުން ޏ.އޭއީސީ ހޯލުގައި ހުރިހާ ސްކޫލަކުން ދުވަހާއި ގުޅޭ އައިޓަމްތައް ހުށަހަޅައި ދިނުން އޮތެވެ. މިއައިޓަމްތައް ގެނެސް ދީފައި ވަނީ ފުވައްމުލަކުގެ މާދަރީ ބަސް ނުވަތަ މައިފުނެ ބަސް ކަމުގައިވާ ފުވައްމުލަކު ބަހުންނެވެ.

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން – ޏ.އޭއީސީގެ ދަރިވަރުންނާއި މުވައްޒަފުން

ދުވަހުގެ އައިޓަމް ތަކުގެ ތެރޭގައި ތަމްސީލު ކުޅުމާއި، ލަވައިން ވާހަކަގެ ގޮތުގައި ފުވައްމުލަކު ބަހުން ރައިވަރާއި ޅެން ފަދަ އަދަބީ ހަރަކާތްތައް ސްޓޭޖުމަތިން ހުށަހަޅާ ދީފއި ވެއެވެ. އަދި ދުވަހާއި ގުޅޭ ގޮތުން ޝަރަފުވެރިމެހުމާނު، އިބްރާހިމް ރަޝީދު މެދެގެދަރުގެ، ވާހަކަ ދެއްކުމެއް ވެސް ގެނެސް ދީފައި ވެއެވެ.

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން – އެމްޖޭއެސްގެ ދަރިވަރުންނާއި މުވައްޒަފުން

ދުވަހާއި ގުޅެ ގޮތަށް ދިވެހި ހެދުން އަޅައިގެން ތިބި ދަރިވަރުންނާއި މުދައްރިސުން އަދި ސިޓީ ކައުންސިލުގެމުވައްޒަފުން ވަނީ ދުވަހުގެ ރޫޙޫ އިތުރަށް ވަރުގަދަކޮށްދީފައެވެ.

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން – އެމްޖޭއެސްގެ ދަރިވަރުން ކޮޅެއް

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން – ޏ.އޭއީސީ

މާދަރީ ބަހުގެ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން – ސްޓޭޖް ހަރަކާތްތަކުގެ ތެރެއިން



ކިޔުންތެރިންގެ ޚިޔާލު