A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލް ތަކުގައި ބައިނަލް އަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުން

މައިފުނެ ބަހުގެ ދުވަސް 2022

މިއަދު (21 ފެބްރުއަރީ) އަކީ ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ދުވަހާއި ގުޅޭ ގޮތުން ތަފާތު ހަރަކާތްތަކެއް ހިގާފައި ވެއެވެ. އަދި މިދުވަހު ގެ ހަރަކާތްތައް ބިނާ ކުރެވިފައިވަނީ ރަށުބަހުން “މައިފުނެ ބަހިގެ ދުވަސް” ފާހަގަ ކުރާ ގޮތަށެވެ.

އެގޮތުން ފުވައްމުލަކު ބަހުން ވާހަކަތަކާއި ޅެންތައް އަދި ފުވައްމުލަކުގައި ކުރީ ޒަމާނުގައި ބޭނުންކުރި މިސާލުބަސް ނުވަތަ ވަށްބަސްތައް ވެސް ގެނެސްދީފައި ވެއެވެ. ދުވަހާއި ގުޅުވައިގެން ދިވެހިންގެ ސަގާފީ ހެދުންތައް ގިނަ ހަރަކާތަކެއްގައި ބޭނުންކުރާތަން ފެނެއެވެ.

މާދަރީ ބަހާއި އެބައެއްގައި ސަފާގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކަކީ ގުޅިލާމެހިފައިވާ އެބައެއްގެ ޝަޚުސިއްޔަތު ބަޔާންކޮށްދޭ ކަންކަމެވެ. ބައެއް މީހުން ބުނާ ގޮތުގައި ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ އެންމެ ބޮޑު އަދި އެންމެ މުހިންމު ވަސީލަތަކީ ތާނަ އަކުރާއި ދިވެހި ބަހެވެ. ހަމައެއާއެކު ގިނަބަޔަކު ގަބޫލު ކުރާކަމަށް ފެންނަ އަނެއް ކަމަކީ ދިވެހިވަންތަ ދިވެހި ހެދުމެވެ. ވުމާއެކު މިފަދަ މުނާސަބާ ތަކުގައި ދިވެހި ހެދުމުގައި މާދަރީ ބަހުން ހުށަހެޅުންތައް ގެނެސްދިނުމުން އެއިގެ ހައިބަތު އިތުރުވެގެންދެއެވެ.

އެމްޖޭއެސް އިން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުން 2022

މިގެނެސް ދެނީ ޏ.އަތޮޅު ތައުލީ މަރުކަޒުގެ ދަރިވަރުން މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުށަހަޅައިދިން ފުވައްމުލަކު މީހުން ބޭނުންކުރާ އަދަބީ ބަސްތަކެވެ.

އެއްގަމިގޭ އައިސާ ރުއްކަނި ފޮށައި އެޑުން – ތިމާ ބޭނުންވާ ކަމެއް ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް އެކަން ކާމިޔާބު ކުރެވިފައިވާކަން ދެއްކުމުގެ ގޮތުން ކުރާ ކަންކަން ހާމަވެ، ހަގީތް ހާމަވުުން ބުނެ އުޅޭ ބަހެއް.

އެމީހަކު ބޭވީ ރޮނޑެކި ހަންދަމަންނޭ އެމީހަކު ބޭނުން ގޮތަކަހަ – އެމީހެއްގެ ކަމެއް ކުރާނީ އެމީހަކު ބޭނުން ގޮތަކަށޭ ބުނަން ބޭނުންކުރާ ބަހެއް.

އައިސާގެ އަހަންމަދުށަ ހިކާއްބޭވީގެ – އާއްމުކޮށް ކަންކަން ނުވާ މީހަކަށް ކަމެއް ވުމުން މިހެން ބުނެ އެޅޭ

ވާދޫގެ ފެޅައްދަށެން އެބަގެއައެ – އުދުންމަތީގައި އުދާފައި ހުންނަ ބަތްތަވާގެ ދުން ގަތް ވާހަކަ ނުވަތަ ކައްކަން އުދާފައި ހުންނަ އެއްޗެއް ބާލާނުލެވި ހުރެ ހަލާކުވާވަރުވުން.

ވައި އެޑަންނޭ ބޮނޑޮ ގެހެއި – ކުރިއެރުން ލިބޭނީ ބޮޑެތި މީހުންނާއި އެމީހުނާއެކު އުޅޭ މީހުންނަށް ކަމަށް ދޭހަ ކުރުމަށް.

ހޫނިގޭ ބެއައްބެއަށަ ކައްތެލަ ނިބައިވީ ލިކަހަ – އެމީހަކަށް މީރު ކާއެއްޗެއް އެއީ ނުބައި އަދި ނުކާ އެއްޗެއް ކަމަށްބުނެފައި ވަނިކޮށް އެއެއްޗެއް ކާންހުއްޓާ ފަޅާއެރުމުން ބުނެ އުޅޭ ބަހެއް.

އުރުން ނަވި ފުވަކަހަށާށާ ގިނަ – އެއްވެސް ތަރުތީބެއްނެތި އެއްޗެއް މާގިނައިން ލޯމަތިން ފެންނަފެށުމުން ބުނެ އުޅޭ.

ހުވަދޫ ކަނޑަހަ ބޮލިފުކައް ވެއްޓީ ވަރަސް ނިވި – ވަރަށް ބޮޑުތަނަކަށް މާކުޑަކުޑަ އެއްޗެއް އެޅުން، އަދި މާބޮޑަށް ބަނޑުފައިވެފައި ހުއްޓާ ލިބުނު ކާއެތިކޮޅުން ހައިނުފިލާތީ ވެސް މިހެން ބުނެ އުޅޭ.

ހިރިގަލި ޖެހީ އުއައު ހެން – ކަމެއް ހަނދާނުގައި ހުރިލެއް ފުރިހަމަކަން ހާމަކޮށްދިނުމުގެ ގޮތުން

ދުނިޔެމަތި/އުޑުމަތި ހީވެނީ ދޮންއަމާ މޫނުމަތި ހެން – ވިއްސާރަވެ އުޑުމަތި އަނދިރިވެފައިވާ މިންވަރު ބޮޑުކަން ހާމަކޮށްދިނުމުގެ ގޮތުން

ޏ.އޭއީސީގެ 5 ދަރިވަރަކު ހުށަހަޅައި ދިން މިހުށަހެޅުމަކީ މުސްތަގުބަލަށް ރައްކާކުރެވިގެން ދިޔަ ފުވައްމުލަކުގެ އަދބިއްޔަތުގެ މުހިންމުބަކަށް ވެގެންދާނެއެވެ.

 

ފުވައްމުލަކު ބަސް

މައިފުނެ ބަހަ – މާދަރީ ބަސް

ފާފުކަކެރުން – ފާހަގަކުރުން

ކެޅާއިފައި ކަމެކެ- ކިހާބޮޑު ކަމެއް؟ ކޮންފަދަ ކަމެއް!

ހައްގަހަ – ހަމަ ތެދެއް، ހައްގަށް ބުނާ ތެދެއް

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !