29 މާރިޗު 2020 ( އާދީއްތަ )

banner

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ގުރުއަތުލުމުގެ ބައްދަލުވުމަށް ގިނަ ބަޔަކު ހާޒިރުވި

ލޯކަލް ކައުންސިލް އިންތިޚާބުގެ ފުވައްމުލައް ސިޓީގެ ގުރުއަތުނެގުން ބާއްވާއިފި

އަންނަ އޭޕްރީލް މަހު 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ފުވައްމުލައް ސިޓީގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަދު ހެނދުނު 10:30 ގައި ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުން ކުރިޔަށް ގެންދެވީ އިލެކްޝަންސް ކަމިޝަންގެ މެމްބަރު ފުއާދު ތައުފީގެވެ. މި ރަސްމިއްޔާތުގައި ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ތަރުތީބު ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ކެންޑިޑޭޓުން ގުރުއަތުނެގުމެވެ. މިއަދުގެ ބައްދަލުވުމަށް ގިނައަދަދެއްގެ ރައްޔިތުންނާއި ކެންޑިޑޭޓުން ހާޒިރުވެފައިވެއެވެ.

މިފަހުރުގެ ލޯކަލް ކައުނސިލް އިންތިޚާބަށް ފުވައްމުލައް ސިޓީން ކުރިމަތިލާފައި ވަނީ ޖުމްލަ 16 ކެނޑިޑޭޓުންނެވެ. އެއީ މޭޔަރު ކަމަށް 3 ކެންޑިޑޭޓަކާއި މުވައމުލަކު މެދު އުތުރު ދާއިރާ އަށް 3 ކެނޑިޑޭޓުން އަދި އނަެއް 5 ދާއިރާއަސް ކޮންމެ ދާއިރާއަކަށް 2 ކެންޑިޑޭޓުންނެވެ.

ޕާޓީގެ ނިސްބަތަށް ބަލާއިރު އެމްޑީޕީއާއި ޕީޕީއެމުން ވަނީ ފުވައްމުުލައް ސިޓީގެ ހުރިހަ ދާއިރާއަކަށް ކުރިމަތިލާފައެވެ. ދެން ހިމެނެނީ މޭޔަރުކަމަށް ވާދަކުރި ޖޭޕީގެ ކެންޑިޑޭޓަކު އެކަންޏެވެ. އެހެން ސިޔާސީ ޕާޓީއަކުން މިސިޓީގެ އެއްވެސް ދާއިރާއަކަށް ކުރިމަތިލާފައެއް ނުވެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން އެއް ކެންޑިޑޭޓަކު ފުވައްމުލައް ސިޓީ މެދު އުތުރު ދާއިރާއަށް ކުރިމަތިލާފައި ވެއެވެ.

އަހެނުނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުވައްމުލައް ސިޓީ 6 ދާއިރާގެ ތެރެއިން ހުޅަނގު އުތުރު ދާއިރާ ފިޔަވައި ކޮންމެ ދާއިރާއކަށް ވެސް ދެ ކެންޑިޑޭޓުން ވާދަކުރެއެވެ. ވުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވަދަކުރަނީ ޖުމްލަ 11 ކެންޑިޑޭޓުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީއަށް ބަލާއިރު އެމްޑީޕީން 5، ޕީިޕީއެމުން 3 ކެންޑިޑޭޓުނ އަދި އަމއިްލަ ގޮތުން 2 ކެންޑިޑޭޓުން ވާދަކުރެއެވެ.

މިފަހަރު ގުރުއަތުގެ ނަމްބަރުތައް ތަރުތީބު ކުރެވިފައިވަނީ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރުތައް ހިމަނައިގެން ދާއިރާގެ ނަމްބަރު ތައް ތަރުތީބުކުރާ ގޮތަށެވެ. ވުމާއެކު ދާއިރާތަކުގެ ނަމްބަރުތަކުގެ ތަރުތީބު ފެށޭނީ 4 އިންނެވެ.

ފުވައްމުލައް ސިޓީ މޭޔަރު ކަމަށް މިފަހަރު ކުރިމަތިލެއްވި 3 ކެންޑިޑޭޓުންނަކީ ވެސް ދަޑިމަގު އަވަށަށް ނިސްބަތްވާ 3 މީހުން

ފުވައްމުލައް ސިޓީ މޭޔަރުގެ ގުރުއަތު ނެގުން

  1. އިސްމާއީލު ރަފީގު (އިއްސޭ) ދަޑިމަގ/ އާބާދުގެ – އެމްޑީޕީ

2. މުޙައްމަދު ތޯރިގު އަހުމަދު (ޗެޓޫ) ދަޑިމަގު/ނެރުޅު – ޕީޕީއެމް

3. ޒިޔާދު ޒަކަރިއްޔާ ހުސޭން (ކެޕްޓަން ޒިޔާދު ޒަކަރިއްޔާ)ދަޑިމަގު/ފަތަޙަ – ޖޭޕީ

ފުވައްމުލައް ސިޓީ ކައުންސިލްގެ ދާއިރާތަކުގެ ގުރުއަތު ނެގުުން

ފުވައްމުލައް ސިޓީ ހުޅަނގު އުތުރު ދާއިރާ (އަންހެނުންނަށް ޚާއްސަ ދާއިރާ) (R-1)

4. އާމިނަތު ސައުސަން ދިގުވާނޑު/ބީޗުވޭ – އެމްޑީޕީ

5. އާއިޝަތު އަބްދުލް ގާދިރު ދަޑިމަގު/ޕްލާޒާ – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 1ގެ ދެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ އިރު އުތުރު ދާއިރާ (R-2)

4. އަބްދުﷲ ނާސިރު އަޙުމަދު ހޯދަޑު/ނިޔާޒު- އެމްޑީޕީ

5. މުހައްމަދު ޝުޖާއު ހޯދަޑުު/ކުވޭތު – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 2ގެ ދެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ މެދު އުތުރު ދާއިރާ (R-3)

4. މުޙައްމަދު ފިކުރީ މާދަޑު/ހޯސްޓް – އެމްޑީޕީ

5. ހައްމާދު އަބްދުﷲ (ހައްލު) މިސްކިމަގު/އާނުވެލި – އަމިއްލަ ގޮތުން

6. އަހުމަދު އަސްލަމު މާދަޑު/ފަސްރީތި – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 3ގެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ ހުޅަނގު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ދާއިރާ) (R-4)

4. އާމިނަތު އިނާޔާ (އިނާ)، ފުނާޑު/ރަތަމަލާނާ – އެމްޑީޕީ

5. ޚަދީޖާ ނާފިއާ، ފުނާޑު/ޕެންޒީ – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 4ގެ ދެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ މެދު ދެކުނު ދާއިރާ (R-5)

4. އަލީ ސައީދު (ސައިޓޭ)، މާލެގަމު/ޝޭޑީރެސްޓް – އެމްޑީޕީ

5. މުހައްމަދު އިސްމާއީލް، މިސްކިތްމަގު/ދޫރިއަން – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 5ގެ ދެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ އިރު ދެކުނު ދާއިރާ (R-6)

4. އިބްރާހިމް މުޙައްމަދު (އިބުރާ)، ދޫނޑިގަމު/ގާކެނޑިގެ – އެމްޑީޕީ

5. އަބްދުﷲ އިބްރާހިމް، ދޫނޑިގަމު/ހެލެބެލިމާގެ – ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާ 6ގެ ދެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގުރުއަތު ނެގުން

ފުވައްމުލައް ސިޓީ ހުޅަނގު އުތުރު ދާއިރާ  (R-1)

އާސިފާ އިބްރާހިމް، ދިގުވާނޑު/ދިގުވާނޑިގެ – އަމިއްލަގޮތުން

އާސިފާ އިބްރާހިމް ވަނީ މިމަގާމަށް ހޮވިފައި ކަމަށް އިލެކްޝަންސް ކަމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

ފުވައްމުލައް ސިޓީ އިރު އުތުރު ދާއިރާ (R-2)

1. އާމިނަތު އަލީ، ހޯދަޑު/އަނހިގަސްދޮށުގެ – އަމިއްލަގޮތުން

2. ފާތިމަތު ނާފިއާ، ހޯދަޑުު/ޒަމްހަރީރުގެ – އެމްޑީޕީ

ފުވައްމުލައް ސިޓީ މެދު އުތުރު ދާއިރާ (R-3)

1. ޝަބާނާ ސައީދު، މިސްކިތްމަގު/ސޯސަންވިލާ – ޕީޕީއެމް

2. މަރިޔަމް ހަސަން ދީދީ، މިސްކިތްމަގު/ކަރާންގެ – އެމްޑީޕީ

ފުވައްމުލައް ސިޓީ ހުޅަނގު ދެކުނު ދާއިރާ (R-4)

1. މަރިޔަމް އަލީ، ފުނާޑުު/މަންޒިލް- ޕީޕީއެމް

2. ޒުލޭޚާ އާސިމާ، ފުނާޑު/ފްރެޝް – އެމްޑީޕީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުން 1

ފުވައްމުލައް ސިޓީ މެދު ދެކުނު ދާއިރާ (R-5)

1. މަރިޔަމް ދިޔާނާ، މާލެގަމު/ގަލްގެ – ޕީޕީއެމް

2. އާއިޝަތު އަލީ (އައިޝާ)، މާލެގަމު/އިރަސްމިކުގެ – އެމްޑީޕީ

ފުވައްމުލައް ސިޓީ އިރު ދެކުނު ދާއިރާ (R-6)

1. މަރިޔަމް ޒަހީނާ އަޙުމަދު، ދޫނޑިގަމު/ގްރީންލޭންޑް – އެމްޑީޕީ

2. ހަނީފާ އިބްރާހިމް، ދޫނޑިގަމު/ދޫހެނބެރިގެ – ޕީޕީއެމް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުން 2



ކިޔުންތެރިންގެ ޚިޔާލު