A wide advertisement which will be shown on all devices. (700 x 100)

އެކްސިޑެންޓަށް ފަހު ސިކުޑިއަށް ލޭއެޅުނު ހަސަން އަހުމަދު ނިޔާވެއްޖެ

އެކްސިޑެންޓަށްފަހު ނިޔާވި ހަސަން އަހުމަދު ދީދީ. 46 އަހަރު

އެކްސިޑެންޓަށް ފަހު ފަރުވާ ދިނުމަށް މާލެ ގެންދިޔަ ހަސަން އަހުމަދު ދީދީ ރޭ އައިޖީއެމް ހޮސްޕިޓަލުގައި ނިޔާވެއްޖެއެވެ. ފާއިތުވި ހޮނިހިރު ދުވަހު ހަވީރު ހިނގި މި އެކުސިޑެންޓަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހަސަން އަހުމަދު މާލެ ގެންދިޔައީ އިއްޔެ އެވެ.

މައްޔިތާ އަނބުރާ ފުވައްމުލަކަށް ގެނެސް ކަށުކަމާކެމީގެ ކަންތަކަށްފަހު މިހާރު ވަނީ މޫނު ދެއްކުމަށް ހުޅުވާލާފައެވެ. މޫނު ދެއްކުން ކޮތަންގޭގައި އޮތްއިރު ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހުކުރ މިސްކިތުގައި މިއަދުގެ އަސުރު ނަމާދަށް ފަހުގައެވެ.

ހަސަން އަހުމަދު ނިޔާވި އެކްސިޑެންޓް ހިނގާފައި ވަނީ މި މާރިޗު މަހު 14 ވީ ހޮނިހިރު ދުވަހުގެ ހަވީރު އިރުއޮއްސެން ކައިރި ވެފައިވަނިކޮށް ފުވައްމުލަކުު ދޫނޑިގަން އަވަށުގައެވެ. މިއެކްސިޑެންޓްގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ ސިކުނޑިއަށް ލޭ އެޅިގެން ކޯމާއަށް ދިޔަކަަމށް ވެއެވެ. އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅި ސިކުނޑީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެވެ.

މި އެކްސިޑެންޓް ހިނގީ އޭނާ ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެނެވެ. އެ އެކްސިޑެންޓް ހިނގި އިރު އޭނާ ދުއްވި ސައިކަލްގެ ފަހަތުގައި އެހެން މީހަކުވެސް އިނެވެ. އޭނާއަށް ވެސް ގެއްލުންތައްވެ ފަރުވާ ދީ މިހާރު ހާލު ރަނގަޅުވަމުން އަންނަކަމަށް ވެއެވެ.
އުމުރުން 43 އަހަރުގެ ހަސަން އަހުމަދު ދީދީ އަކީ ފުވައްމުލަކު ރޯޑް ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން ދިޔަ އަޚްލާގު ރަނގަޅު މަޑުމައިތިރި މުވައްޒިފެއް ކަމަށް އޭނާއެކު މަސައްކަތްކުރި މީހުން ބުނެއެވެ. ނިޔާވިއިރު އޭނާގެ އަންބަކާއި 3 އަންހެން ކުދިންގެ ތިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !