29 މާރިޗު 2020 ( އާދީއްތަ )

banner

ކޯވިޑް19 ރާއްޖެއިން ފެނިފަިއވާ ސަރަހައްދުތައް

ފުވައްމުލައް ސިޓީގައި ކޯވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް

ކޯވިޑް19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީަގއި އަޅާފައިވާ ފިޔަވަލުތައް ސިޓީ ކައުސިލުން ހާމަކުރައްވައިފިއެވެ.

ކޮރޯނާ ވައިރަސް ނުވަތަ (ކޯވިޑް-19) މިހާރު ރާއްޖެއިން ފެނިފައިވުމާއެކު ފުވައްމުލައް ސިޓީ ކައުންސިލުން ވެސް ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  1. ފުވައްމުލައް ސިޓީގެ ބަނދަރަށް ޓޫރިސްޓުންނާއެކު އަންނަ ސަފާރީ ފަދަ އުޅަނދުތައް ވަނުން ވަގުތީ ގޮތުން މަނާކުރުން.
  2. ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނެގުން.
  3. ފުވައްމުލައް ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ދޮރުން ދޮރަށް ހިނގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތާއި ލީފްލެޓު މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ދިނުން ( ޖުމްލަ 1573 ގޭބީސީ އަދި 4046 މީހުންނަށް ވަނީ މައުލޫމާތު ދެވިފައި).
  4. މި ސިޓީގެ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް ބައްޔާއި ބެހޭ މައުލޫމާތު އަދި ބަލިން ރައްކާތެރިވާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން.
  5. މީހުން އެއްވެ އުޅޭ ޕަރކް، މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކުރުން.
  6. ކުޅިވަރު ކުޅޭ ދަނޑުތައް ވަގުތީގޮތުން ބަންދުކުރުން
  7. ކޮމިއުނިޓީ ސެންޓަރގެ ޖިމްގެ ހިދުމަތް ވަގުތީގޮތުން ބަންދުކުރުން.
  8. އެއާޕޯޓަށް ފުރަންދާ މީހުން/ ރަށަށް އަންނަ މީހުން/ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ފިޔަވައި އިތުރު މީހުން އެއާޕޯޓަށް ވަދެނިކުތުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުން
  9. މިސްކިތްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުން
  10. އޮފީސް، މިސްކިތް އަދި ގެތަށް ޑިސްއިންފެކްޓް ކުރުމާއި ގުޅޭގޮތުން ހާއްސަ ތަމްރީނުތަކެއް ދިނުން
  11. އަޑުގަދަކުރާ ބޭނުންކޮށްގެން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މައުލޫމާތު ފޯރުކޮށްދިނުން.
  12. ފުވައްމުލައް ސިޓީގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް އަދި ގުރުއާން ކިޔަވައިދޭ ކްލާސްތައް ވަގުތީ ގޮތުން ބަންދުކުރެވިފައި ވެއެވެ.


ކިޔުންތެރިންގެ ޚިޔާލު